މުހައްމަދު އިސްމާއިލް
15 Mar 2023
"އިހްތިޖާޖު ހުއްޓުވޭނީ ރައީސް ޔާމީނަށް އިންސާފު ލިބުމުން"
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ އިހްތިޖާޖު ހުއްޓުވޭނީ އެމަނިކުފާނަށް އިންސާފު ލިބިމުންކަމަށް އިދިކޮޅުގެ ހަރަކާތު ކޮމިޓީގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
01 Mar 2023
"ހައްގުތަކޭ ކިޔައިގެން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަ"
ހައްގުތަކޭ ކިޔައިގެން އެމްޑީޕީން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަތަކެއްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
20 Feb 2023
ބޭރުމީހުންނަށް ތިލަފުށިން ބިން "ތިޔަހެން ނުވިއްކޭނެ" ކަމަށް ބުނެ އިދިކޮޅުން ނިކުންނަނީ!
ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމާއި ދެކޮޅަށް "ތިޔަހެން ނުވިއްކޭނެ" ޝިއާރު ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނުކޮށްފި އެވެ.
14 Feb 2023
"ރާއްޖޭގައި ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރޭ"
ދިވެހިރާއްޖޭގައި ތަފާތު ދީން ތަކަށް ޖާގަ ހޯދައިިދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މޮހައްމަދު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.
31 Jan 2023
ފުލުހުން އެންގިޔަސް "ހަރާން ހުކުމް" ކިޔުން ހުއްޓައެއް ނުލާލަން: މުހައްމަދު އިސްމާއިލް
ފުލުހުން އެންގިޔަސް ރައީސް ޔާމީނަށް އިއްވީ "ހަރާން ހުކުމެއް" ކަމަށް ކިޔުން ހުއްޓާނުލާނެކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
16 Jan 2023
"ސަރުކާރުން ރައްޔިތުންގެ އަނގަމަތީ ޓޭޕު އަޅާ މާއްދާ 27 ކަފުންކޮށް ވަޅުލައިފި"
މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅަމުންދާތީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ.
02 Nov 2022
ނަސްރު ދުވަހާއި ގުޅިގެން އިދިކޮޅުން ބާއްވާ އިހްތިޖާޖު މާދަމާ!
ދިވެހިރާއްޖޭގައި މާދަމާ ފާހަގަކުރާ ނަސްރު ދުވަހާއި ގުޅުވައި އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
23 Oct 2022
މުހައްމަދު އިސްމާއިލްގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިއްޖެ
ޔޯގާ މައްސަލައާއި ގުޅިގެން މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.