13 Jun 2023
އިހުތިޖާޖު ކުރާ މީހުންނަށް ފުލުހުން އަނިޔާ ކުރާއިރު، އެޗްއާރުސީއެމް އާއި އެންއައިސީ އޮތީ ނިދާފައި: މުހައްމަދު
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އިދިކޮޅުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން، އިހްތިޖާޖުގެ ބައިވެރިންނަށް ފުލުހުން އަނިޔާ ކުރާއިރު، ހިޔުމަންރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮތީ ނިދާފައި ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.