އަޙްމަދު ޠާރިޤް
11 Jul 2023
"ޝާހިދު އިންޑިއާ އަށް ވަޑައިގެންނެވީ ރަނިންމޭޓް ކަން ޔަގީން ކުރަން"
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ސިޔާސަތުތައް އޮތީ އަވައްޓެރި ޤައުމެއްގެ އުނގުގައި ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
08 Jul 2023
"ޝާހިދަށް ރަނިންމޭޓުކަން ދޭން ރައީސް ޞާލިހަށް މަޖުބޫރުވާނެކަން އެނގޭ"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައިން މޭޓުކަން ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މަޖުބޫރުވާނެކަން އެނގިލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
06 Jul 2023
"މި ވެރިކަން ބަދަލުކަން ދަ ޑިމޮކްރެޓްސްއިން ތާއީދުކުރަންވީ ރައީސް ޔާމިނަށް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރަން ދަ ޑިމޮކްރެޓްސް އިން ވެސް ތާއީދުކުރަންވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
27 Jun 2023
ޠާރިޤް ސަރުކާރަށް: މަރަށް ތެޅޭތަން ނޫން ތަނެއް ނުފެނޭ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރު 'މަރަށް ތެޅޭތަން' ނޫން ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
22 Jun 2023
"ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ނަސީރު ކިޔާ މީހެއް"
އަދުގެ ސަރުކާރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާ، އެކަން ކުރައްވަނީ ރައީސް އޮފީހުގެ "ނަސީރު ކިޔާ ބޭފުޅެއް" މެދުވެރިކޮށް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތުހުމަތު ކުރައްވައިފި އެވެ.
22 Jun 2023
"މަޖިލިސް ނުހިނގަނީ އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ"
ރައްޔިތުންގެ މަޖިލީސް ތަޅު އެޅުވި، މަޖިލިސް ހުއްޓުމަކަށް އައީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރިޔާސަތަށް ވެރިވަން މަސައްކަތް ކުރައްވާތީ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
16 Jun 2023
"ބޮން ގޮއްވުމަކީ ޖޯކެއް ނޫން ކަން އެމްޑީޕިއަށް ވިސްނުނީ ނަޝީދަށް ހަމަލާދިނުމުން"
ވެރިންނަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދިނުމަކީ ޖޯކު ޖަހާވަރަށް ވުރެ ބޮޑެތި މައްސަލަތަކެއްކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވިސްނުނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް އެފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ރެލީ ނިމުނީ ރޭވި ގޮތަށް؛ ރައްޔިތުންނަށް ފެނުނީ ފުލުހުންގެ ދޮގު ބަޔާނެއް"
ރޭ ކަނޑު ވިއްކާލުމާއި ދެކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާ ނިމުނީ ރޭވި ގޮތަށް ކަަމަށާއި ރައްޔިތުންނަށް ފެނުނީ ފުލުހުންގެ ދޮގު ބަޔާނެއް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.