އަޙްމަދު ޠާރިޤް
14 Dec 2022
"އެފްކޮންސް އިން ކުރި މަސައްކަތައް އަގު ދީފައި، ކަމަށް އެކަށީގެންވާ ބަޔަކު ހޯދާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކޮށްފައި އޮތް އިންޑިއާގެ އެފްކޮންސް ކުންފުނިން މިހާތަނަށް ކުރި މަސައްކަތައް އަގު ދީފައި، ބުރިޖު އަޅަން އެކަށީގެންވާ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެދިއްޖެއެވެ.
20 Nov 2022
"އިންޑިއާ ސިފައިން، މަސްދޯނި ތަކަކަށް އަރައި މަސްވެރިނަން ބިރުދައްކައި އަނިޔާކުރި"
އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަދެވުނު ދިވެހި މަސްދޯނި ތަކަކަށް އެގައުމުގެ ސިފައިން ވަރަށް އިހާނެތި އަނިޔާކޮށްފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
01 Nov 2022
އަރަބިއްޔާ ސުކޫލުގެ އިމާރާތް ހެދުމަށް ބަޖެޓުގައި ހިމަނާފައެއް ނުވޭ
ދިވެހިރާއްޖޭގައި އަރަބި ތައުލީމު ކިޔަވައިދޭ ހަމައެކަނި ސުކޫލުކަމަށްވާ އަރަބިއްޔާ ސުކޫލުގެ އިމާރާތް ހެދުމަށް އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
31 Oct 2022
މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީ ހޯދަން މަޖިލީހަށް
އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓްލާނޭކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް ގެންނަވައި އެ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެދިލައްވައިފިއެވެ.
30 Oct 2022
"ބުއްދިވެރި ގޮތަކީ މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުން"
ޗާގޯސްގެ މައްސަލައިގައި އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީ އަނބުރާ ގެންނެވުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެެއެވެ.
27 Oct 2022
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޢާއިލާއާއި ހަވާލުކުރުމަށް ގޮވާލައިފި
މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް ނިޔާވި، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޢާއިލާއާއި ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ގޮވާލައިފިއެވެ.
23 Oct 2022
"ރާއްޖެ މޮރޭޝިއަސް ކޮޅަށް ޖެހުމުގެ އަޑީގައި އިންޑިއާގެ ނުފޫޒު އޮތުން ގާތް"
ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމި ނިންމުމުގެ ފަހަތުގައި އަވައްޓެރި އިންޑިއާގެ ނުފޫޒު އޮވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
18 Oct 2022
ބްރޯޑްކޮމް އިން މީޑިއާނެޓް ދެއްކީ ކުޑަ ވިޔަފާރި އެއް ގޮތަށް: ޠާރިގު
ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓް ބަލަނީ ކުދި ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށާ، އެހެންނަމަވެސް، އެ ގޮތަށް އެކަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެެއެވެ.