އަޙްމަދު ޠާރިޤް
28 Apr 2023
"ޗާގޯސް މައްސަލައިގައި ވަކާލާތުކުރަމުން ދައުލަތުން ވަނީ ބައިކޮޅަށް ގޯލު ޖަހާފައި"
ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް ސަރުކާރުން ބަދަލުކުރީ އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަމުން ދިވެހި ސަރުކާރުން ބައިކޮޅަށް ގޯލުވެސް ޖަހާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
24 Apr 2023
"އެޓްލޮސްގައި އޮތް ޝަރީއަތުގެ މަޖްލީހުގައި މޮރިޝަސްއިން ސިޓީގެ ވާހަކަދެއްކި"
އެޓްލަސްގައި ބޭއްވުނު ޝަރީއަތުގެ މަޖްލީހުުގައި މޮރިޝަސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ސިޓީގެ ވާހަކަ ދައްކާފައިވާ ކަމަށް ރައްޔިތުން މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
24 Apr 2023
"ރައީސް ޞާލިހުވަނީ ގައުމަށް ގައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ވަނީ ޤައުމަށް ޤައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
13 Mar 2023
"ނުފޫޒު ފޯރުވާ ނަމަ ވޯޓު ފޮށިތައް ބަނދަރުން ހޮވަން ޖެހިދާނެ"
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ފޯރުވަމުންދާ ނުފޫޒު ތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯލަނބައިފި ނަމަ، ވޯޓު ފޮށިތައް ރަށްރަށުގެ ބަނދަރުން ހޮވާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޠާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
08 Mar 2023
ޠާރިގު، ޝަކީލަށް: ހަމަސް ފަހުން ޖިނާއީ ތަހްގީގާ ކުރިމަތިލާންޖެހޭނެ
ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު މައްސަލަ ބެއްލެވި ގާޟީ އަހްމަދު ޝަކީލް, ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނުކުރުމަށް ނިންމުމާއި ގުޅިގެން މަޖިލީހުގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް)، ޝަކީލަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
22 Feb 2023
ޢަރަބިއްޔާގެ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ
ޢަރަބިއްޔާ ސްކޫލްގެ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް އެޑީޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅައިފައިވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދް ޠާރިޤް ވިދާޅުވެއްޖެއެވެ.
17 Feb 2023
ޠާރިގު ނާޒިމަށް: އިންޑިޔާ ސިފައިން ފައިބަން ގޮވާލަބަލަ
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބާއްވައިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބަހުގެ ހަމަލާތަކެއް އޭނާ އަށް އަމާޒު ކުރައްވައިފިއެވެ.
16 Feb 2023
"ބައްޕަ އަދާލަތަށް ވެއްދި ފޯމުގައި ސޮއިކުރި މީހަކު ހޯދާ، ފިޔަވަޅުއަޅާނަން"
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގެ ބައްޕަ، ވަގަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެ އެވެ.