ހަބަރު
13 Feb 2024
އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީން ހުސްވެފައިވާ އެޕާރޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ޕާޓީ ހުޅުވާލައިފިއެވެ.
13 Feb 2024
ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި
ތެލަސީމިއާ ހުންނަ މީހުނަށް ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުމަށް، ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.
13 Feb 2024
ޝަރުތު ހަމަވާ ލިސްޓަށް އަންނަ ހަފްތާގައި ފްލެޓް ދޫކުރަން ފަށާނަން: ޑރ. ހައިދަރު
ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފުލެޓްތަކުގެ މައްސަލަ އޭސީސީން ބެލުމަށްފަހު ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ
13 Feb 2024
ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުކުރުމަށް ނިންމުމުން ވަނީ މަރުހަބާ ކިޔާފަ: ސައީދު
ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ނުކުރުމަށް ނިންމެވި ނިންމެވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
13 Feb 2024
ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން އެއްބާރުލުން ދޭނަން
ދިވެހި ކޮންމެ ރައްޔިތެއްގެވެސް، ޚާއްސަކޮށް ދިވެހި ޒުވާނުންނާއި އަންހެން ކަނބަލުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް، ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފި އެވެ.
13 Feb 2024
އައްޑޫ ސްޓޭޑިއަމް ކުރީ ސަރުކާރުން މަރާމާތު ނުކޮށްދިން
އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެދުމުންވެސް، ދައުރު ނިމުނު އިރުވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
13 Feb 2024
ދުބާއީ އިންވެސްޓް ފޯރަމްއަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް
ދުބާއީ އިންވެސްޓް ފޯރަމްއަށް ރަޖިސްޓްރީ ވުމުގައިވެސް އިންވެސްޓަރުންގެ ފަރާތުން ވަރަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެ އެވެ.
13 Feb 2024
ބެޓީ ކްރޮކަރ ކޭކް މިކްސްގެ ވައްތަރުތަކެއް ވިއްކުން މަނާކޮށްފި
އުކުނާއި ކުދި ދިރޭ ސޫފިތަކަކުން ތަޣައްޔަރުވެފައިވާތީ ބެޓީ ކްރޮކަރ ކޭކް މިކްސްގެ ވައްތަރުތަކެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.