ހަބަރު
12 Nov 2023
"މިއަދަކީ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ލަދުވެތި ދުވަހެއް"
މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަތިލި ލަދުވެތި ދުވަހެއްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
12 Nov 2023
"ނަޝީދު ވަކިކުރުމުގެ ޤަރާރު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ ގަރާރު ހުށައަޅައިގެން ކުރިއަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
12 Nov 2023
ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު ބޭރުކޮށް މަޖިލީސް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ހުށައަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ކަނޑައަޅައި، ގަރާރު ބޭރުކޮށް މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
12 Nov 2023
އާޒިމްގެ ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރާއި ގުޅިގެން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ އެވެ.
11 Nov 2023
"އަލްނަކްބާ"އިން ކިޔައިދިން ފަލަސްޠީނުގެ ވާހަކަތައް!
"އަލްނަކްބާ"، އުންމަތުގެ ކާރިސާގެ ނަމުގައި ހުކުރު ވިލޭރެ ޑރ.އާދަމް ޝަމީމް ދެއްވި ދަރުހުން ފަލަސްތީނުގެ ކާރިސާއާއި ގުޅޭ ގިނަ ވާހަކަތަކެއް ކިޔައިދެއްވައިފިއެވެ
11 Nov 2023
"އެންމެ އިސްކަންދޭނީ އެއާޕޯޓާއި ފުށިދިއްގަރުފަޅު މަޝްރޫއު ނިންމަން"
އާ ސަރުކާރުން އެންމެ އިސްކަންދޭނީ އެއާޕޯޓު މަޝްރޫއާއި ފުށިދިއްގަރުފަޅު މަޝްރޫއު ނިންމުމަށްކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
11 Nov 2023
ރާއްޖެއަކީ ޚާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއް: މޯދީ
ނެއިބަރ ހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ޚާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއްކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
11 Nov 2023
"ސުލްހަވެރިކަމާއެކު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބުކުރާނަން"
ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ސުލްހަވެރިކަމާއެކު މަސައްކަތްކޮށް ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކާމިޔާބުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.