26 Sep 2023
"ފޭކު އޯޑިއޯތައް ފެތުރުމުން އެނގެނީ ޑެސްޕަރޭޓުވެފައިވާ މިންވަރު"
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުއާއި ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަދަހަދައިގެން ދޮގު ވީޑިއޯ ތައް ފަތުރަމުންދަނީ "ޑެސްޕަރޭޓް" ނުވަތަ ވެރިކަމަށް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
26 Sep 2023
ޢުމްރާއަށް ގެންދިޔުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފި
ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީ އިން ހުޅުވައިލައިފިއެވެ.
26 Sep 2023
"ހުޅުލެ ބްރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެ"
ތިލަމާލެ ބްރިޖުގެ ތަނބެއް ނުފިގެން އިދިކޮޅުން "ހަޖޫޖެހިޔަސް" އެ ބުރިޖުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށާއި ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެކަމަށް ބެލެވޭކަމަށް ކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
26 Sep 2023
ނެދަރލޭންޑްގައި ޤުރުއާން ވީދުމުން ދިވެހި ޚާރިޖިއްޔާ އިން އެކަން ކުށްވެރިކޮށްފި
ނެދަރލޭންޑްގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް ވީދާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
26 Sep 2023
ރިޔާސީ ނިޒާމަކުން ރަނގަޅު ރައީސެއް ނުލިބުން: ވަހީދު
ރިޔާސީ ނިޒާމަކުން ރަނގަޅު ރައީސްއަކު ލިބޭތޯ 50 އަހަރު ވަންދެން މަސައްކަތް ކުރެވުނު އިރުވެސް އެކަން ނުވި ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.
26 Sep 2023
ވޯޓަރސް ލިސްޓްގައި ދެ ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ވޯޓާސް ލިސްޓުގައި ދެ ކެނޑިޑޭޓުންގެ ފަރާތުން މިއަދު ސޮއިކުރަން ފަށައިފިއެވެ.
26 Sep 2023
ކެނެޑާއަކީ ޓެރަރިސްޓުންނަށް ރައްކާތެރި ގެއެއް: ލަންކާގެ ޚާރިޖީ ވަޒީރު
ކެނެޑާއަކީ ޓެރަރިސްޓުން ނަށް ރައްކާތެރި ގެއަކަށް ވެފައިވާ ކަމަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެއްޖެއެވެ.
26 Sep 2023
"ދީނަށް ފުރައްސާރަ ކުރި މީހުންވެސް އިމްރާން ފުރުވާލީ ބޭރަށް"
‏އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އަކީ ދީނީ ޢިލްމު ކިޔަވައިގެން ހުންނެވި ބޭފުޅެއް ނަމަވެސް އޭނާގެ ބެލުމުގެ ދަށުން ހިނގަމުންދާ ފުލުހުންގެ މުވައްސަސާ އިން ދީނަށް ފުރައްސާރަ ކުރި މީހުންވެސް ފުރުވާލީ ބޭރަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.