ހަބަރު
26 Sep 2023
"މި އަންނަނީ ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ގާއިމް ކުރަން"
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެކުލަވާ ސަރުކާރެއް ވާނީ ފަސްބައި ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ކަމަށާ އެ ސަރުކާރުގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށް އިދިކޮޅު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
26 Sep 2023
ރައީސް އަށް ނޫނެކޭ ބުނާނަމަ ބަރުލަމާނީއަށްވެސް ނޫނެކޭ ބުނެވިދާނެ!
ޑިމޮކްރެޓްސް އިން މިއަދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނާނަމަ މާދަމާ އެމްޑީޕީ އިން ބަރުލަމާނީ އަށް ނޫނެކޭ ބުނުފާނެ ކަމަށް މިސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.
26 Sep 2023
ސިރާޖާއިއެކު ގިނަ ޒުވާނުން ޕީޕީއެމަށް!
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ލ. އަތޮޅުގެ ކައުންސިލް ރައީސް އިސްމާއިލް އަލީ (ގަމު އިއްސެ) ގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދި އެހެނިހެން ޕާޓީތަކުގެ ގިނަ ބަޔަކު ޕީޕީއެމާ ގުޅިއްޖެއެވެ.
26 Sep 2023
ތުލުސްދޫގައި ކުރިއަށް ދިޔަ ޕީޕީއެމްގެ ޖަލްސާއަށް ހުރަސްއަޅައިފި
ކ.ތުލުސްދޫގައި ކުރިއަށް ގެންދިޔަ ޕީޕީއެމް/ޕީއެންސީގެ ޖަލްސާއަކަށް ހުރަސްއަޅައިފިއެވެ.
26 Sep 2023
ރައީސް ޞާލިޙްގެ ދީނީ ސިޔާސަތުތަކުން ޤައުމިއްޔަތަށް ނުރައްކާވޭ!
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދީނީ ސިޔާސަތުތަކުން ޤައުމިއްޔަތަށް ނުރައްކާވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
25 Sep 2023
ފްލެޓް ރޭޓެއް ކަނޑައެޅުމުން ކަރަންޓު ބިލުތައް ކުޑަވާނެ
ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައެޅުމުން ގޭބިސީތަކުގެ މިހާރުގެ ކަރަންޓު ބިލުތަކުން 50-30 ޕަސެންޓް ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
25 Sep 2023
ދުންޔާ މައުމޫން ޕީޕީއެމްއަށް ސޮއި ކުރައްވައިފި
ކުރީގެ ފޮރިން މިނިސްޓަރ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސްކަމުގެ މަގާމު އަދާކުރައްވަމުންދިޔަ ދުންޔާ މައުމޫން، ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
25 Sep 2023
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީގެ ތާއީދު ޑރ މުޢިއްޒަށް
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފިއެވެ.