05 Sep 2023
އަދާލަތުގެ 15 ޝެއިޚުންގެ ތެރެއިން ރައީސަށް ތާއީދު ކުރީ 5!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުން ތާއިދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ނެގި ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވީ އެންމެ 5 އަދާލަތުގެ ޝެއިޚުން ކަން ހާމަވެއްޖެއެވެ.
05 Sep 2023
ދެވިހިފުން ތަކުން ދުރުވާނެ "ޕްރެކްޓިކަލް ޓިޕްސް" ލިބޭ ޕްރޮގްރާމެއް!
އެޑިކްޝަންސް ނުވަތަ އެކި ކަންކަމަށް ދެވި ހިފުމުން، ދުރުހެލިކުރުވުމަށް އެހީވުމަށް ޕީސް ފައުންޑޭޝަން ގެ ފަރާތުން ހިންގާ ޑީނޭޖަރ ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
05 Sep 2023
ރާއްޖެއޮތީ ބަނގުރޫޓް ވެފައި ކަމަށް ބުނާ ވާހަކައަކީ ދޮގެއް!
ރާއްޖެ އޮތީ ބަނގުރޫޓްވެފައި ކަމަށް ބުނެ ދައްކާ ވާހަކަތަކީ ދޮގު ވާހަކަ ތަކެއް ކަމަށާއި، އެވާހަކަތައް ދައްކާ ފަރާތްތަކުން ބޭނުންވަނީ ރައްޔިތުންނަނަށް އޮޅުވާލަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Sep 2023
ގާސިމްގެ 'މާފަންނު ވިލާ'ގެ ސާދާ ކަމުގައި ފޮރުވިފައިވާ ސިއްރު!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދިރިއުޅުއްވާ މާފަންނު ވިލާ ގެއިން އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދަށް ފެނިވަޑައިގެންނެވި ސާދާ ކަމާއި، އެ ސާދާ ކަމުގެ ފަހަތުގައި ފޮރުވިފައިވީ ހަގީގަތް ކިޔައިދެއްވައިފިއެވެ.
05 Sep 2023
އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ސިޔާސީ ނުފޫޒުން ޖުޑިޝަރީ މިނިވަންކުރުން: ޑރ މުޢިއްޒު
ސެޕްޓެންބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ޖުޑިޝަރީ ސިޔާސީ ނުފޫޒުން މިނިވަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ބާރަކަށް ހެދުމަށް ވެރިކަމުގެ އެންމެ ފުރަތަމަކޮޅުވެސް މަސައްކަތް ފަށްޓަވާނޭ ކަމުގައި އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Sep 2023
ގާސިމަކީ މި ގައުމަށް ލިބުނު ރަން މުތެއް: ޢަލީ
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ދިވެހިރާއްޖެއަށް ލިބުނު ރަންމުތެއް ފަދަ ބޭފުޅެއް ކަމަށް، އެމަނިކުފާނުގެ އިންތިޚާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
05 Sep 2023
"ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނަން"
ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ގެންނާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
05 Sep 2023
"ޕީޕީއެމާ އެމްޑީޕީ އަކީ ޚިޔާނާތްތެރިން ކަމެއް ކުރިން ނޭނގޭ"
ޕީޕީއެމްގެ ސަރުކާރެއް، އަދި އެމްޑީޕީގެ ސަރުކާރެއް ދެ ފަހަރު ގެންނަން މަސައްކަތް ކުރައްވައި އެކަން ކުރެއްވި ކަމަށާ އެހެން ނަމަވެސް، އެކަން ކުރެއްވި އިރު، އެއީ "އެހާ ބޮޑު ހިޔާނާތްތެރިކަން" އޭރު އެނގިވަޑައިނުގަންނަވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.