ހަބަރު
14 Jun 2023
"ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވާފައި"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މިހާރު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކުޑަކަކޫ ޖައްސަވައި، ބިރު ދައްކަވައިގެން ކަމަށާ, އެކަން އެގޮތަށް ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާ، އޭދަފުށީ ދާއިރާގެ މެންބަރު ހިސާން ހުސައިން ކަމަށް އިދިކޮޅުން ތުހުމަތު ކުރައްވައިފިއެވެ.
14 Jun 2023
މެންބަރު ހުސެއިންގެ މޫނުމަތީގައި ޝަރީފު ޖެހި ކަމަށް ވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުގައި މަރާދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޖެއްސެވި ކަމަށް ސެމްބެ ވިދާޅުވެއްޖެއެވެ.
14 Jun 2023
މިތަނަށް ވަންނަންވެސް މިހާރު ލަދުގަނޭ: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވަނީ ލިބޭ މުސާރަ އަކީ ހަލާލު އެއްޗެއް ގޮތުގައި ހައްދަވަން ކަމަށާ، އެހެންނަމަވެސް، މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގަމުންދާ ގޮތުން މަޖިލީހަށް ވަންނަންވެސް ލަދުގަންނަވާ ކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.
14 Jun 2023
އެމްއޭސީއެލް މެރިޓް އެވޯޑުގެ ދަށުން ސީއެޗްއެސްއީގެ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) މެރިޓް އެވޯޑުގެ ދަށުން ސެންޓާ ފޯ ހަޔަރ އެޑިޔުކޭޝަން (ސީއެޗެއެސްއީ) ގެ ދަރިވަރުންނަށް ފަހި ފުރުސަތުތަކެެއް ދިނުމަށް އެއްބަސްވުމެއް ގައި ސޮއިކޮށްފިއެވެ.
14 Jun 2023
އަލުން މަޖިލިސް ފަށައި އިރުކޮޅެއް ނުވަނީސް ނިޒާމު ގެއްލިއްޖެ!
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލުމަށްފަހު އަލުން ފަށައިގެންވެސް ކުރިއަށް ނުގެންދެވި, މަޖިލީހުގެ ނިޒާމް ގެއްލިގެން އަނެއްކާވެސް މެދު ކަނޑާލައިފި އެވެ.
14 Jun 2023
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ: ޝަރީފް
ތިމާމެންގެ މަސްލަހަތާއި ޖެހުނީމަ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
14 Jun 2023
ވެރިކަމަށް އައީމާ ބާރުތައް ދޫކުރަން އޮންނަނޫ ދަތިވެފައި: ނަޝީދު
ރާއްޖޭގެ ވެރިކަމުގައި ތިބޭ މީހުންނަކީ، ކޮންމެ ތަނަކުން އައި ބަޔަކަށް ވީ ނަމަވެސް، އެމީހުންނަށް ލިބިފައިވާ ބާރުތައް ދޫކުރަން ވަރަށް ބޮޑަށް ދަތިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
14 Jun 2023
"ޕާޓީތަކުގެ ނިޒާމުގެ ބޭނުމަކީ އަރާރުން ވުމެއް ނޫން"
ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް އުފެދިގެން އައީ އެއްބަޔަކު އަނެއް ބަޔަކާއި އަރައިރުން ވުމަށް ނޫން ކަމަށާ، އެހެން ނަމަވެސް އެއީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައި ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.