ހަބަރު
29 Aug 2023
"ސުނާމީ ބޯހިޔާވަހިކަމުގެ މައްސަލަ ޔާމިނު ހައްލުކުރީ 100 ދުވަހުން"
ރައީސް ޔާމިނުގެ ވެރިކަމާއި ހަމަޔަށް އައިރު ސުނާމީގައި ހާލުގައި ޖެހި ގެދޮރަށް ބޭނުންވެފައި ތިބި ހުރިހާ ފަރާތްތަކަށް އެންމެ 100 ދުވަސްތެރޭ ބޯހިޔާވަހިކަން ފޯރުކޮށްދީ އެ މައްސަލައަށް ދާއިމީ ޙައްލުކޮށްދީފައިވާކަމަށް ޑރ ޝަހީމު ވިދާޅުވެއްޖެ އެވެ.
28 Aug 2023
ޝަރުޢީ ދާއިރާ ވަކި ކެޓަގަރީއަކަށް ހަދައި ހައުސިންގް ޔަގީން ކުރާނަން"
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި، ޖުޑިޝަރީ ދާއިރާއަކީ ވެސް ވަކި ކެޓަގަރީއެއްގެ ގޮތުގައި ހަމަޖައްސައި އެދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
28 Aug 2023
"ފޭސް 2 ހިއްކަން ހަވާލުކުރީ ޑރ. ވަހީދުގެ ވެރިކަމުގައެއް ނޫން"
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅު، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ދޮގު ކުރައްވައިފި އެވެ.
28 Aug 2023
ޝަހީދު ހުސެއިން އާދަމްގެ އާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ދަންނަވައިފި
ޝަހީދު ހުސެއިން އާދަމްގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޝަހީދު ހުސެއިން އާދަމްގެ އާއިލާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
28 Aug 2023
"ޤާސިމް، ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ ރައްޔިތުންގެ މުދަލާއި ފައިސާ، އަމާނާތްތެރިކަމާއެކު ބަލަހައްޓައިދެއްވާނެ ފަރާތެއް ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
28 Aug 2023
ގއ އަތޮޅުގައި އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ދެ މަޝްރޫއެއް!
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ހުވަދު އަތޮޅު ދެކުނުބުރީގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ގެ ދެ މަޝްރޫޢެއް ހިންގާނެކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
28 Aug 2023
"ނަން ނުވިޔަސް ކަން ކުރިން، ރައްޔިތުންނަށްޓަކައި ގުރުބާންވިން"
ނަން ނުވިޔަސް ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެ ބޮޑު ގުރުބާނީއެއް ވީ ބޭފުޅަކީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.