ދީން
20 Jan 2023
ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅު ގުޑުންއަރައިގެން ދިޔަ ޙާދިސާއެއް
މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި މަދީނާގެ މާތް ބިމަށް މުޞްޢަބު ބުން ޢުމައިރު رَضِيَ اللهُ عَنْهُ ފޮނުއްވިއެވެ. މުޞްޢަބުގެފާނުގެ އަތްޕުޅު މައްޗަށް މަދީނާގެ އަހުލުވެރިން އިސްލާމްވަމުން ދިޔައެވެ.
20 Jan 2023
"މައިންބަފައިންގެ ކިބައިން ދިމާވާ ކަންކަމަށް ކެތް ކުރާންވާނެ"
ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި މައިންބަފައިން ތިބޭއިރު، އެ މީހުންގެ ކިބައިން ދިމާވާ ކަންކަމަށް ކެތް ކުރާންވާނެ ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
13 Jan 2023
"ގުރުއާނުގައިވާ އަގީދާ ޅަދަރިންގެ ހިތުގައި ބިންވަޅު ނަގައި ނުދެވިއްޖެނަމަ ގައުމު ނިކަމެތިވާނެ"
ކީރިތި ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި ޢިލްމު އަހަރަމެންގެ ޅަދަރީންގެ ހިތްތަކުގައި ބިންވަޅުނުނެގިއްޖެ އެއްދުވަހުން އަނެއް ދުވަހަށް، ޤައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
30 Dec 2022
ދަރަންޏަށް ފައިސާ ނަގައިގެންވެސް ބައެއް މީހުން ބޭކާރު ޚަރަދު ކުރޭ: ޚުތުބާ
މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން އަދި ބޭންކުން ލޯނު ނަގައިގެން ވެސް ބައެއް މީހުން ބޮޑަތި، ބޭކާރު ޚަރަދުތައް ކުރާ ކަމަށް، އެއީ ވަރަށް ހިތާމަކުރިކަމެއްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
23 Dec 2022
މިއީ ޤަބުރުސްތާނެވެ
އިޙްސާސްކުރެވެނީ ހަމަހިމޭންކަމާއި އެކަނިވެރިކަމެވެ. ދުނިޔެވީ މަޖަލާއި ސަކަރާތް ކެނޑިގެން ގޮއްސިއެވެ. ކިތަންމެ އަންނަން ބޭނުން ނުވިޔަސް މިތަނަށް ހަމަ ކޮންމެ މީހަކުވެސް ގެނެވޭނެއެވެ. މިތަނުން އޭނާގެ ލޯބިވާ އަހުލުންނާއި މިތުރުންނާ ވަކިވާން ޖެހޭނެއެވެ. އެއްކުރިހާ މުދާތައް ދޫކޮށްލަން ޖެހޭނެއެވެ. އޮންނަން ޖެހޭނީ ތިމާކުޅަ ޢަމަލަކާއެކީ އެކަނިމާއެކަންޏެވެ. މިއަދު ކާކުބާއެވެ؟ އަހުރެންބާއެވެ؟ ނުވަތަ ތިބާ ބާއެވެ؟
23 Dec 2022
"ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބޭ؛ އެންމެ ރަނގަޅީ އިސްވެ ވާހަކަ ދައްކާ މީހާ"
އެކަކު އަނެކަކު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
11 Dec 2022
ނިދުމުގެ ކުރިންނާއި ނިދިން ހޭލުމަށްފަހު ކިޔެވުމަށް އައިސްފައިވާ ސޫރަތްތަކާއި އާޔަތްތައް
މާތް ﷲގެ ކަލާމްފުޅު ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުމަކީ މާތްކަމެކެވެ. މަތިވެރިކަން ލިބޭނޭކަމެކެވެ. އެކަލާނގެ ޙަޟްރަތުގައި ޤަދަރު އުފުލި، ސުވަރުގޭގައި މަތީ ދަރަޖަ ޙާޞިލުކުރެވޭނެ ކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 އަޖުރު ދެއްވާނެކަމެކެވެ. ހިތުގައި ނޫރުލެއްވި، އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. މާއްދީގޮތުންނާއި ރޫޙާނީގޮތުން ޖެހޭ ތަފާތު ބަލިތަކަށް ޝިފާ ލިބޭނެ ކަމެކެވެ.
09 Dec 2022
ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކަށް "ނަސޭހަތް" ގެ ޚާއްސަ ހަދިޔާއެއް
ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކަށް "ނަސޭހަތް" ޖަމިއްޔާއިން ވަރަށް ޚާއްސަ ހަދިޔާއެއް ފޯރުކޮށްދީފިއެވެ.