ދުނިޔެ
28 Aug 2024
އިސްރާއީލް ސިފައިންގެ އިތުރު މީހަކު މަރާލައިފި!
ޣައްޒާ މިނިވަންކުރުމަށް ހަނގުރާމަކުރަމުން ދާމިޖާހިދުން ދިން ހަމަލާއެއްގައި އިސްރާއީލުހެ ނިރުބަވެރި ސިފައިންގެ މީހަކު މަރުވެފައިވާކަމަށް އިސްރާއީލިގެ މީޑިއާތަކުން ބުނެފިއެވެ.
28 Aug 2024
އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފި!
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލިން ޣައްޒާގެ އެކިސަރަހައްދު ތަކަށް ވަރުގަދަ ހަމަލާ ތަކެއްދީފިއެވެ.
27 Aug 2024
ޙާން ޔޫނިސް ގެ ގެއްކަށް ހަމަލާދީ 5 މީހުން ޝަހީދުކޮށްލައިފި
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ގެ ހުޅަންގުގައި ހުންނަ ޒިޔާދާ އާއި ހަމްދާން އާއިލާއަށް ނިސްބަތްވާ ގެއަކަށް އަމާޒުކޮށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި 5 ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ
27 Aug 2024
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ގައުމިއްޔަތާ ޚިލާފުވުމުގެ ދައުވާ އުފުލައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް އެގައުމުގެ ކުރީގެ ރަސްގެފާނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުލަތުން ގައުމިއްޔަތާ ހިލާފު ވިކަމުގެ ދައުވާ އުފުލާފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.
27 Aug 2024
ފަލަސްޡީނަށް ދިން ހަމަލާގައި 5 މީހުން ޝަހީދުކޮށްލައިފި
ފަލަސްޡީނުގެ ހިފާފައިވާ ހުޅަނގުގެ އައްސޭރީގައި އޮންނަ ތުލްކަރްމްގެ އިރުމަތީގައި އޮންނަ ނޫރްޝަމްސް ކޭމްޕުގެ ގެއަކަށް އަމާޒުކޮށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދިން ހަމަލާގައި 5 މީހުން ޝަހީދުކޮށްލައިފިއެވެ.
26 Aug 2024
އިންޑިއާ-އޮސްޓްރޭލިއާ ވިޔަފާރީގެ މަޝްވަރާތަކުގެ އިތުރު ބުރެއް ނިންމާލައިފި
އިންޑިއާއާއި އޮސްޓްރޭލިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބާއްވަމުން އަންނަ ކޮމްޕްރިހެންސިވް އިކޮނޮމިކް ކޯޕަރޭޝަން އެގްރީމެންޓްގެ މަޝްވަރާތަކުގެ 10 ވަނަ ބުރު ނިންމާލައިފިއެވެ.
26 Aug 2024
ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލުންގައި ތިބި މީހުން ނިކުތުމަށް އިސްރާއީލުން އަންގައިފި!
މިދިޔަ އާދިއްތަދުވަހުގެ ރޭ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލިން އެތައް ލައްކަ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމިންދާ ދީރް އަލް ބާލާގެ މައި މެޑިކަލް ފެސިލިޓީ ކަމަށްވާ އަލް ޝަހީދު އަޤްޞާ ހޮސްޕިޓަލުން ނުކުތުމަށް އަމުރުނެރެފައިވާކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.
26 Aug 2024
އިސްރާއީލަށް އިތުރު ހަމަލާތަކެއް ދޭނެކަމުގެ ފުރުސަތު ބޮޑު ކަމަށް ހިޒްބުاللهގެ ވެރިޔާ ވިދާޅުވެއްޖެ
ބެއިރޫތު (އޮގަސްޓް 25) - ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ދިން ރޮކެޓާއި ޑްރޯން ހަމަލާގެ ލިބުނު ގެއްލުން ދެނެގަތުމުގެ ކުރިން، ހިޒްބުﷲ އަވަހާރަކޮށްލި ކޮމާންޑަރެއްގެ ބަދަލު ހިފުމަށް އިތުރު ހަމަލާތަކެއް ނުދޭނޭ ކަމަށް ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ވިދާޅުވެއްޖެ އެވެ.