ދުނިޔެ
21 May 2024
ލަންޑަނުން ސިންގަޕޯރަށް ދިޔަ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި، ގިނަ ބަޔަކު ޒަޚަމްވެ އެކަކު މަރުވެއްޖެ
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯރ އެއަރލަިއންގެ ފްލައިޓު، ބޮއިންގް 777-300އީއާރު ވަނީ ރާޢްޖެ ގަޑިން، މިއަދު މެންދުރު 13:45 ހާއިރު ބެންކޮކަށް ޑައިވަރޓްކޮށް، ކުއްލި ގޮތަކަށް ޖައްސާފައެވެ. ސިންގަޕޯރ އެއަރލައިނުން މައުލޫމާތުދެއްވި ގޮތުގައި ބޯޓުގައި ތިބި 31 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނެކެވެ.
21 May 2024
ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950,000 އަށް!
ޔަހޫދީ ފައުޖުން ކެނޑިނޭޅި ފަލަސްތީނުގެ ރަފާހަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950،000 އަށް އަރައިފިއެވެ.
21 May 2024
އީރާންގެ ރިޔާސީ އިންތިހާބު ޖޫން 28 ގައި ބާއްވަނީ
އީރާން ގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އީރާން ގެ ރިޔާސީ އިންތިހާބު މި އަހަރުގެ ޖޫން 28 އަށް އަވަސް ކުރުމަށް ނިންމައިފިއެވެ.
20 May 2024
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދެފި
އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި އެދެފިއެވެ.
20 May 2024
އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވާތީ ކައިރި 7 އަވަށަކުން މީހުން ހުސްކޮށްފި
އިންޑޮނޭޝިއާގެ ހަލްމަހެރާގައި ހުރި އަލިފާން ފަރުބަދައެއް ގޮވާތީ އެހިސާބާއި ކައިރީގައި ހުރި 7 އަވަށަކުން މީހުން ހުސްކޮށްފިއެވެ.
20 May 2024
އިރާންގެ ރައީސް އަވަހާރަވުމާއި ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް!
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން އެގައުމުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.
20 May 2024
އީރާންގެ ރައީސް އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފި
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައިވާކަން އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ)އިން ވަނީ ކަށަވަރުކޮށްދީފިއެވެ.
20 May 2024
އީރާންގެ ރައީސާއި ފޮރިން މިނިސްޓަރ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ އާއި އިސް އޮފިޝަލުން ދަތުރުކުރެއްވި ހެލިކޮޕްޓަރާ ފެނިއްޖެއެވެ.