ދުނިޔެ
19 May 2024
އީރާނުގެ ރައީސް ރައީސީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ކުއްލި ހާލަތުގައި ލޭންޑްކޮށްފި
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވަނީ ލޭންޑު ކުރުމުގެ ތެރޭގައި އެކްސިޑެންޓަކާ ދިމާވެފައެވެ. އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ވެސް ދަތުރުކުރައްވަމުން ގެންދެވިއެވެ.
19 May 2024
ޣައްޒާއަށް ސިއްހީ ސާމާނު ނުލިބޭތާ 10 ދުވަސް!
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާ އަށް އެހީވެއްދުމަށްޓަކައި އެކޮ ގޮތްގޮތުން ދަތިކުރަމުންދާތީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ސާމާނު ނުލިބޭތާ 10 ދުވަސްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
18 May 2024
އިސްރާއީލު ސަސްޕެންޑް ކުރުމާއި މެދު ފީފާއިން ގާނޫނީ ލަފާ ހޯދަނީ
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފުޓުބޯޅައިގެ އެންމެހާ ޙަރަކާތްތަކުން އިޒްރޭލް ސަސްޕެންޑު ކުރުމާ މެދު، ޤާނޫނީ ލަފާ ހޯދުމަށް ފީފާއިން ނިންމައިފިއެވެ.
18 May 2024
އެމެރިކާއިން ޣައްޒާގައި ހެދި ވަގުތީ ބަނދަރުން އެހީގެ ތަކެތި ފޯރުކޮށްދެނީ
ކަނޑުމަގުން ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެމެރިކާއިން ޣައްޒާގައި ހެދި ވަގުތީ ބަނދަރު މެދުވެރިކޮށް ޣައްޒާ އަށް އެހީގެ ތަކެތި އެތެރެކުރަން ފަށައިފިއެވެ.
16 May 2024
ސްލޮވާކިއާގެ ބޮޑުވަޒީރަށް ބަޑީގެ ހަމަލާއެއް؛ ހާލުކޮޅު ސީރިއަސް!
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އަށް ދިން ބަޑީގެ ހަމަލާ އާއި ގުޅިގެން ފުރާނަ ނުރައްކާވި ނަމަވެސް މިހާރު އެހާލަތުން އަރައިގެންފައިވާއިރު، ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށް އެބޭފުޅާގެ ނައިބު ވިދާޅުވެއްޖެއެވެ.
16 May 2024
ހާވާޑް ޔުނިވާސިޓީން އިސްރާއީލަށް ފަންޑުކުރާ ފަރާތްތަކާއި އޮތް ގުޅުން ކަނޑާލަނީ
ދަރިވަރުން އެދުނުގޮތަށް ދުނިޔޭގެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވާސިޓީން އަނިޔާވެރި އިސްރާއީލަށް ފަންޑުކުރާ ފަރާތްތަކާއި އޮތް ގުޅުން ކަނޑާލުމަށް ނިންމައިފިއެވެ.
16 May 2024
އެހީގެ ޓްރަކެއްގައި ހުރި ތަކެތި އިސްރާއިލުގެ ޔަހޫދީން ހަލާކުކުރަނީ
ހަރުކަށި ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ޓްރަކެއްގައި ހުރި ތަކެތި ހަލާކުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.
15 May 2024
ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ހުއްޓިއްޖެ: ގަތަރުގެ ބޮޑުވަޒީރު
އިސްރާއީޅުން ރަފާހަށް ވަދެގަނެ، ރަފާހް ގެ ބޯޑަރު ނެގުމާއިއެކު ހަނގުރާމަ ހުއްޓާލުމަށް ހަމާސް ޖަމާއަތާއި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާއި އެކު ކުރިއަށް ދިޔަ މަޝްވަރާތައް ހުއްޓިފައިވާކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ ވިދާޅުވެއްޖެއެވެ.