05 May 2024
އިސްރާއީލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމަށް ފާސްކޮށްފި
ފަލަސްތީނުގެ ޚަބަރުތައް ގެނެސްދިނުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރަމުންދާ މީޑިޔާ ޗެނަލް އަލްޖަޒީރާ، އިޒްރޭލުގައި ދެއްކުން މަނާކުރުމަށް އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަަތަންޔާހޫގެ ކެބިނެޓުން ފާސްކޮށްފި އެވެ. މިއަދު އަލްޖަޒިރާގެ އޮޕެރޭޝަންތައް އިސްރާއީލުގައި ހިންގުން ވަގުތީ ގޮތުން ބަންދުކުރަން ފާސްކޮށްފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގެ ހުރިހާ ވަޒީރުންގެ އިއްތިފާގުންނެވެ.
05 May 2024
ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް!
ޔަހޫދީންގެ ފައުޖުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާއްމު ހުއްޓާލުމާއި ގުޅޭ މަޝްވަރާތަކަށް ހަމާސް ޖަމާއަތުގެ ޓީމެއް މިޞްރުގައި ހަރަކާތްތެެރި ވަމުންދާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
04 May 2024
ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް ޖަޕާނުގައި ވެސް މުޒާހަރާ ކުރަނީ!
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާއްމާއި ދެކޮޅަށް ޖަޕާނުގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
04 May 2024
ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރަން އާ ފިޔަވަޅުތަކެއް
ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފިއެވެ.
01 May 2024
އުރުދުން އިން އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ދެ ގާފިލާއަކަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާދީފި
އުރުދުންގެ ހާރިޖީ ވުޒާރާއިން ވިދާޅުވީ މިއަދު ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ އުރުދުންގެ އިންސާނީ އެހީގެ ދެ ކޮންވޯއީއަށް އިސްރާއީލުގެ ބައެއް ވަޒަންވެރިން ހަމަލާދީފައިވާ ކަމަށެވެ.
01 May 2024
ޗައިނާގެ ހައިވޭއެއް ވެއްޓި މަދުވެގެން 24 މީހުން މަރުވެއްޖެ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗައިނާގެ ހައިވޭއެއްގެ ބައެއް ވެއްޓި، ހައިވޭއިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 24 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
01 May 2024
ޣައްޒާ ރައްޔިތުންގެ ޝުކުރު ގަތުލުއާއްމާއި ދެކޮޅަށް މުޒާހަރާ ކުރާ ދަރިވަރުންނަށް!
ފަލަސްތީޏުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ޣައްޒާގެ ރައްޔިތުން ޝުކުރު އަދާކޮށްފިއެވެ.
01 May 2024
ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް މައި ކުންފުނިން އެއްބަސްވެއްޖެ
ކޮވިޑް 19 ގެ ބަލިމަޑުކަމާއި ދެކޮޅަށް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ޖެހުމުން ލޭގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދުމުގެ ފަހަތުގައި އޮތް މައި ކުންފުނި އެސްޓްރާޒެނެކާ އިން ބުނެފިއެވެ.