29 Mar 2023
އަފްޣާނިސްޠާނުގައި އަންހެން ކުދިންނަށް ތަޢުލީމު ދިނުމަށް ގޮވާލާ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
އަފްޣާނިސްޠާނުގައި އަންހެން ކުދިންނަށް ތަޢުލީމު ދިނުމަށް ގޮވަލައި އަންހެން ކުދިންނަށް އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ މަތީއުﷲ ވެސާ ޠަލިބާން ސަރުކާރުން ހައްޔަރުކޮށްފިއެވެ.
29 Mar 2023
އިޒްރާއިލްގެ ޢާންމުންގެ ބަޔަކު ފަލަސްޠީނުގެ ބަޔަކަށް ހަމަލާދީފި
ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން ތިބި އިޒްރާއިލްގެ ޔަހޫދީން ތަކެއް، އިޒްރާއިލް ސިފައިންގެ ހާޒިރުގައި ފަލަސްޠީނުގެ ހުވާރާ އަވަށުގެ ޢާންމުންގެ ބަޔަކަށް ހަމަލާތަކެއް ދީފިއެވެ.
26 Mar 2023
އިންޑިޔާގައި ތަރާވީޙް ނަމާދަށް ތިބި ބަޔަކު ހުއްޓުވައިފި
އިންޑިޔާގެ ލާޖްޕަތް ނަގަރްގައި މުސްލިމުން ތަކެއް އަމިއްލަ ގޭގައި ތަރާވީޙް ނަމާދަށް ތިއްބައި ޕޮލިހުންނަށް އެންގުމުން ޕޮލިހުން ނަމާދަށް ތިބި މީހުން ހުއްޓުވައިފިއެވެ.
26 Mar 2023
ޑެންމާކުގައި ޤުރުއާން އަންދާލި މައްސަލަ އިސްލާމީ ޤައުމުތަކުން ކުށްވެރިކުރަނީ
ހުކުރުދުވަހު ޑެންމާކުގައި ހުންނަ ތުރްކިޔޭގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާންގެ ކޮޕީއެއްގައި ރޯކޮށްލައި އަންދާލި މައްސަލަ ޢަރަބި އިސްލާމީ ޤައުމުތަކުން ކުށްވެރި ކުރަމުންއެބަދެއެވެ.
25 Mar 2023
އެމެރިކާގެ އެންމެ ފުރަތަމަ ބުރުގާ އެޅި މުސްލިމް ފަނޑިޔާރަކަށް ނާދިޔާ ކަހަފް
އެމެރިކާގެ ނިއުޖާޒީގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހަމަޖެއްސި ނާދިޔާ ކަހަފް އޭނާގެ މަޤާމުގެ ހުވައި ކޮށްފައިވަނީ ކީރިތި ޤުރުއާން އަތުގައި ބާއްވައިގެން ކަމަށް ނިއުޖާޒީގެ ނޫހެއްގައި ބުނެފައިވެއެވެ.
25 Mar 2023
ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި
ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި ތުރްކިޔޭގެ ކަހްރަމްނަމަރާސް ޕްރޮވިންސްގައި ވެއްޓުނު ޢިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް "ގްރައުންޑްބްރޭކިންގް" ހަފްލާ ބާއްވައިފިއެވެ.
24 Mar 2023
އިންޑިޔާގެ އިދިކޮޅުގެ ލީޑަރުގެ ގޮނޑި ގެއްލިއްޖެ
އިންޑިޔާގެ އިދިކޮޅުގެ އެންމެ އިސް ލީޑަރު ރާހުލް ގާންދީގެ މައްޗަށް ގުޖުރާތު ކޯޓުން އިއްވި ދެ އަހަރުގެ ޖަލު ހުކުމާއި އެއްކޮށް ޤާނޫނު ހަދާ މަޖިލީހުން އިން އޭނާއަށް ލިބިފައިވާ ގޮނޑި ގެއްލިއްޖެއެވެ.
24 Mar 2023
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ދެކުނު އައްސޭރީގައި ފަލަސްޠީނުގެ ޒުވާނެއްގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.