12 Mar 2025
ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއެކު ހައިހޫނުކަމުގައި!
ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށް ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ނިރުބަވެރި އިސްރާއިލުން ހުރަސް އެޅުމާއެކު، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން، އަދި ޚާއްޞަ ގޮތެއްގައި ނިކަމެތީންގެ ހާލަތު އެތަކެއް ގުނައަކަށް ދަށްވެފައިވާ ކަން ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
11 Mar 2025
ޑުރަގާމެދު ހަރުކަށި ނިންމުންތަކެއް ނިންމެވި، ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓޭ ހައްޔަރުކޮށްފި
ޑުރަގާމެދު ހަރުކަށި ނިންމުންތަކެއް ނިންމެވި، ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފިއެވެ
11 Mar 2025
އަނެއްކާވެސް ނަތަންޔާހޫ ކޯޓަށް ހާޒިރު ކޮށްފި
އިސްރާއީލްގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކޮރަޕްޝަންގެ ދަޢުވާތަކާ ގުޅިގެން ތެލްއަވީވް ޑިސްޓްރިކްޓް ކޯޓަށް އަނެއްކާވެސް ހާޒިރުކޮށްފިއެވެ.
10 Mar 2025
ޣައްޒާއިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް އިސްލާއިލުން އަންގައިފި!
ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އިސްރާއީލުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތް ވަގުތުން ކަނޑާލުމަށް އިސްރާއީލުގެ އެނަރޖީ މިނިސްޓަރު އެލީ ކޯހެން އަންގައިފިއެވެ.
09 Mar 2025
ޣައްޒާ އާރާސްތުކުރުގެ އަރަބި ލީގުގެ ހުށަހެޅުމަށް ހުޅަނގުގެ ގައުމުތަކުގެ ތާއީދު
ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުނުކޮށް އަރަބި ލީގުން ހުށަހެޅި ގޮތަށް ހުޅަނގުގެ ބައެއް ގައުމުތަކުން
07 Mar 2025
ޞަޙާބީންނަށް ކުޑައިމީސްކޮށް ދައްކާ ސީރީޒްއާ ދެކޮޅަށް ފަތުވާއެއް!
ބަރަކާތްތެރި ރަމަޟާން މަހުގައި ސައުދީ އަރަބިއްޔާގެ އެމްބީސީ އިރާޤު ޗެނަލުން ދައްކަމުންދާ "މުޢާވިޔާ" ނަމަކަށް ކިޔާ ޑްރާމާ ސީރީޒްއާ ދެކޮޅަށް އަލް އަޒުހަރުގެ ޢިލްމުވެރިން ފަތިވާ ނެރެފިއެވެ.
06 Mar 2025
އިމްރާން ޚާންގެ ޙާލު ގޯސްވެ، ޑޮކްޓަރުން އޭނާ އަރިހަށް ގޮސްފި
ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޙާލަތު ގޯސްވެ، އޭނާގެ ޙާލަތު ބެލުމަށް ޑޮކްޓަރުންގެ ޓީމެއް ގޮސްފިއެވެ.
05 Mar 2025
ޕާކިސްތާނުގެ އަސްކަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރު ޚައިބަރުޕަޝްތުންޚުވާ ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދެމީހަކު ހަށިގަނޑު ގޮއްވާލައިގެން ދިން ޙަމަލާއެއްގައި 12 މީހަކު މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ