08 Oct 2023
ސައި ލެގޫން އަތުން މޮޅުވެ ހާޑްރޮކް އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ޑީގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސައި ލެގޫން މޯލްޑިވްސް އަތުން މޮޅުވެ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.