ސީޒާ އަބްދުލް ޙަކީމް
ލިޔުންތެރިއެއް
ސީޒާ އަބްދުލް ޙަކީމް
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.
21 Sep 2026
މެޑަމް ސާޖިދާ ނިއޯކެއަރ ދާއިރާއަށް ތަމްރީނު ލިބޭ މީހުން ބިނާކުރަން ގޮވައިލައްވައިފި
ނިއޯކެއަރ ކޮންފަރެންސް ހުޅުއްވައިދެއްވައި ސާޖިދާ ވިދާޅުވީ ޒަމާނީ ވަސީލަތްތައް ހޯދުމާ އެއްވަރަށް ތަމްރީނު ލިބިފައިވާ ސިއްޙީ ޚިދުމަތްތެރިން ބިނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
18 Sep 2026
ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ކިޔެވުންތައް ނިންމާލައިފި
ބޮޑެތި ބަދަލުތަކާ އެކު ކުރިއަށް ގެންދިޔަ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރުގައި 138 ދަރިވަރުން ކިޔެވި އިރު، ތިން ބައިގެ އެއް ވަނައަށް ރައީސްގެ ޚާއްޞަ އިނާމާއި ސްކޮލާޝިޕް ދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
17 Sep 2026
ތ.ގުރައިދޫގައި ބިދޭސީއަކު މެރުމުގެ ކުށް ސާބިތުވެ، ބަބުލް މިއާއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ގުރައިދޫގައި 2020 ގައި ބަންގްލަދޭޝް ރައްޔިތެއް ތޫނު އެއްޗަކުން މެރި މައްސަލައިގައި ބަބުލް މިއާ އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.
16 Sep 2026
އިންނަމާދޫއަށް ބޯކޮށް ވާރޭވެހި 13 ގެއަކަށް ފެންވަދެއްޖެ
ރ. އިންނަމާދޫއަށް ބޯކޮށް ވާރޭވެހި 13 ގެއަކަށް ފެންވަދެ، ދޮޅު ފޫޓަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވި
16 Sep 2026
ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް
ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވެ ގިނަ ގެތަކާއި މުއައްސަސާތަކަށް ގެއްލުން ލިބިފައިވާއިރު، ކައުންސިލުން ވަނީ އެންޑީއެމްއޭގެ އެހީއަށް އެދިފައެވެ.
01 Sep 2026
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުން 1091 ޒުވާނުން ދަސްވެނިވެއްޖެ
ރައީސް މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އެއް އަހަރު ފުރުނުއިރު 1091 ޒުވާނުން ތަމްރީނު ފުރިހަމަކޮށް، އޭގެ ތެރެއިން 402 ދަރިވަރަކަށް ވަޒީފާ ހަމަޖެހިފައިވެއެވެ.
18 May 0004
އަމާޒަކީ ފެބުރުއަރީމަސް ނިމުމުގެ ކުރިން ކަނދުފަތިތައް އަޅައި ނިންމުން
މިހާތަނަށް 106 ކަނދުފަތި ޤާއިމުކޮށް، 2027 ގެ ފެބްރުއަރީއަށް ވަދު ކަނދުފަތީގެ ވިއުގަ ފުރިހަމަކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އަމާޒު ހިފައިފިއެވެ.