ފޯޅަވަހީގެ މައްސަލަ
30 Apr 2023
"ރާއްޖޭގެ ސަރަޙައްދު ކަނޑައެޅިގެން ދިއުމަކީ އައްޑޫގެ މަސްވެރިންނަށް ލިބިގެންދާ ހިތްވަރެއް"
ރާއްޖޭގެ އެންމެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިންނަށް ލިބިގެންދާ ހިތްވަރެއް ކަމަށް އައްްޑޫގެ ސިޓީ ކައުންސިލުން ބުނެފިއެވެ.
30 Apr 2023
"ޗާގޯސް މައްސަލައިގަ އެކުގައި މަސައްކަތް ކުރަން ތިބި ބަޔަކާއެކު މަސައްކަތް ކުރާނަން"
ޗާގޯސް މައްސަލައިގައި، އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
29 Apr 2023
މައްސަލަ ނިމުނީ ދިވެހިން ބޭނުންވި ގޮތަކަށް ނޫން، ޣައްދާރުން ބޭނުންވި ގޮތަށް: އަދުރޭ
ޗާގޯސް މައްސަލަ ނިމުނީ ދިވެހިން ބޭނުންވި ގޮތަކަށް ނޫން ކަމަށާއި، އެއީ 'ޣައްދާރުން' ބޭނުންވި ގޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
29 Apr 2023
ކަނޑު ބަލަހައްޓަން އިންޑިއާގެ އިތުރު މަނަވަރުތައް ގެންނާނެތޯ ކުރި ސުވާލަށް ޖަވާބެއް ނުދިން!
އިޓްލޮސްގައި އޮތް މައްސަލަ ނިމި ދެކުނުގެ އިން ކަނޑައެޅިގެން ދިއުމާއި އެކު, އެ ސަރަހައްދު ބެލެެހެއްޓުމަށް އިންޑިއާގެ މަނަވަރުތައް ގެންނާން ޖެހިދާނެކަމުގެ އިޝާރާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވައިފި އެވެ.
29 Apr 2023
މިއީ ދެކުނުގެ މަސްވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް: ވައްޑެ
މަހަކުން މަހަކުން ބާނައިގެން ދިވެހިން މަސްވެރިކަން ކުރަމުން އައި، ރާއްޖޭގެ ދެކުނުން ކަނޑުމަސް އާލާވާކަމަށް ބުނެވޭ ހިސާބެއްގައި، ދުވަސްކޮޅަކުން އެތައް މޭލު ދިގުމިނުގެ ބޮޑުދާ އަޅަންފެށުން އެކަށީގެންވާ ކަމަށާއި މިއީ ދެކުނުގެ މަސްވެރިކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.
29 Apr 2023
"ކުއްލިއަކަށް ޗާގޯސް ރާއްޖޭގެ ބަޔަކަށް ހަދައިގެން އުޅޭތީ ހިތަށް އެރި އެތަނުގައި ފެނާއި ނަރުދަމާ އަޅަން ނާންގާނެ ބާއޭ"
ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދުވަހަކު ވެސް ރާއްޖޭގެ ތާރީޚުގައި ދައުވާކޮށްފައި ނުވާއިރު، އަދި ފޯޅަވަހީގެ ސިޔާދަތު ހޯދުމަށް އެއްވެސް ސަރުކާރަކުން އެދިފައިވެސް ނުވާއިރު، ކުއްލިއަކަށް ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ބުނަން ފެށުމުން ފޯޅަވަހީގައި ފެނާއި ނަރުދަމާއަޅަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ނާންގާނެ ބާ އޭ ހިތްޕުޅަށް އަރާވަޑައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
29 Apr 2023
"މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ ނާޅާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ"
ދިވެހިރާއްޖޭގެއާއި މޮރިޝަސްއާއި ދެމެދު އޮތް ފުށުއަރާ ސަރަހައްދުގެ އިން ކަނޑައަޅާފައި ވާއިރު، މޮރިޝަސްއަށް ލިބުނު ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ނުކުރާނެކަމުގެ ޔަގީންކަން ނުދެވޭނެކަމަށް ފިޝަރީސް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
29 Apr 2023
ޔާމީނުގެ ވެރިކަމުގައި ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށާނުން: އާދަމް ޝަރީފް
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް