28 Apr 2023
"ޗާގޯސް މައްސަލައިގައި ވަކާލާތުކުރަމުން ދައުލަތުން ވަނީ ބައިކޮޅަށް ގޯލު ޖަހާފައި"
ފޯޅަވަހި މައްސަލައިގައި ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑް ސަރުކާރުން ބަދަލުކުރީ އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަމުން ދިވެހި ސަރުކާރުން ބައިކޮޅަށް ގޯލުވެސް ޖަހާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.