ފޯޅަވަހީގެ މައްސަލަ
27 Oct 2022
"ފޯޅަވަހީގެ މައްސަލާގައި ރައީސް ހައްދަވަނީ ތެދުކަމަށް ހެކިވަން"
ފޯޅަވަހީގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހައްދަވަނީ ތެދު ކަމަށާ، އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތުޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
27 Oct 2022
"ޗާގޯސް މައްސަލައިގެ ދޮގުވާހަކަތައް ފެތުރުމަކީ ހިތާމަހުރިކަމެއް"
ޗާގޯސް މައްސަލައިގައި ހަގީގަތް އެނގިތިބެ ދޮގުވާހަކަ ފެތުރައި ބައިބައިވުން އުފެއްދުމަކީ ހިތާހުރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
25 Oct 2022
"ފޯޅަވަހި މައްސަލައިގައި ރައީސް ހަނު ހުންނަވަނީ ކުށް ކުރެވުނުކަން ގަބޫލު ކުރާތީ"
ފޯޅަވަހި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނަވަނީ އެ މައްސަލައިގައި ގޯސްތަކެއް ހައްދަވާ ކުށް ކުރެވުނުކަން އަމިއްލަފުޅަށް ގަބޫލުކުރެވޭތީކަމަށް ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
25 Oct 2022
ޗާގޯސް މައްސަލައިގައި އިންޑިއާގެ ނުފޫޒެއްނެތް: ސަރުކާރު
ޗާގޯސް މައްސަލާގައި ގޮތެއް ނިންމުމުގައި އިންޑިޔާގެ ނުފޫޒެއް ނެތްކަމަށާއި ރާއްޖެއިން އަބަދުވެސް ތާއީދުކުރަނީ އިސްތިއުމާރާއި ދެކޮޅަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަފު ވިދާޅުވެއްޖެއެވެ.
25 Oct 2022
"ބަންޑާރަ ނައިބަށް ކޮން ހައްގެއްތޯ އޮތީ ދައުލަތުގެ މާލިއްޔާ ބަހާލަން"
ދައުލަތާއި ދެކޮޅަށް ހުށައަޅާ ކޮންމެ މައްސަލައެއް ކޯޓުން ބޭރުން ނިންމުމަށް ބަންޑާރަ ނައިބު މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ޑރ މުހައްމަދު މުނައްވަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
25 Oct 2022
ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް މޮރިޝަސްއާއި ދެކޮޅަށް ވަކާލާތުކުރަމުންދާ މައްސަލައާއި ފުށޫ ނާރާނެ
ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި, ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނުކަމުގަވިޔަސް، ޓްރައިބިޔުނަލްގައި މޮރިޝަސްއާއި ދެކޮޅަށް ވަކާލާތުކުރަމުންދާ މައްސަލައާއި ފުށޫ ނާރާނެކަމަށް ގާނޫނީ ވަކީލުންގެ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެއްޖެއެވެ.
25 Oct 2022
ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާ ގޮތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދެއް ނުގެއްލޭނެ ކަމަށް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން މިރޭ ވިދާޅުވެއްޖެ އެވެ.
25 Oct 2022
ފޯޅަވެއްސަކީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބުނެވޭކަށް ނެތް
ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ކަނޑައަޅަނީ ފޯޅަވެއްސާއެކުގައި ކަމަށާއި އެއީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބުނެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.