ފޯޅަވަހީގެ މައްސަލަ
24 Oct 2022
"މޮރިޝަސް ކޮޅަށް ބުރަވެ ރައީސް ސިޓީ ފޮނުވީ ތަންދޮރު އެނގިނުލައްވާތީ"
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރުތައް ލިބެންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުއްވީ އެމަނިކުފާނަށް ތަންދޮރު އެނގިވަޑައިނުގަންނަވާތީކަމަށް ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
24 Oct 2022
"މޮރިޝަސް އަށް ގޮސް ރައީސް ގެނައީ ކޮން އެއްޗެއްތޯ ރައްޔިތުން އަހާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެންމެ ފަހުން މޮރިޝަސް އަށް ވަޑައިގެން، އެ ގައުމުގެ ލީޑަރޝިޕާއި ބައްދަލު ކުރައްވައި، ރާއްޖެ ވަޑައިގެންނެވި އިރު، ގެންނެވީ ކޮންއެއްޗެއްތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
24 Oct 2022
"މޮރިޝަސްއާ ދެކޮޅަށް ކުރާ ވަކާލާތުގައި އެއްވެސް ކަމެއް ބަދަލެއް ނުކުރާނަން"
ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީސް (އޭޖީ އޮފީސް) އިން ހާމަކޮށްފިއެވެ.
24 Oct 2022
ޗާގޯސް މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލުކުރުމާއި ގުޅިގެން ކުއްލި މައްސަލައެއް
ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު އަމަލުކުރައްވާފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ވުމުން، އޭނާ މަގާމުން އަޒުލުކުރުމަށް އާދަމް ޝަރީފު ގޮވާލައްވައިފިއެވެ.
23 Oct 2022
ޗާގޮސް ކައިރީގައި ބޮޑުދާ އަޅަންފަށައިފިނަމަ ރާއްޖެގެ ދެކުނުގެ މަސްވެރިކަން ހަލާކުވާނެ
ޗާގޮސް ކައިރީގައި ކަނޑުކަހާ ބޮޑުދާ އަޅަންފަށައިފިނަމަ ރާއްޖެގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ހަލާކުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
22 Oct 2022
ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ހާމަކޮށްދިނުމަށް ގޮވާލައިފި
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ރާއްޖެއިން ނިންމި ސަބަބު ހާމަކޮށްދިނުމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައިވައިފި އެވެ.
31 Aug 2019
ފޯޅަވަހީގެ މައްސަލަ: މޮރިޝަސްއާއި ދެކޮޅަށް ވޯޓުލުމުން އެންމެ ފަހުން މަޝްވަރާގެ މޭޒަށް!
ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ މޮރިޝަަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން އެކަމާއި ދެކޮޅަށް ވޯޓުދިނުމުން، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި މޮރިޝަސްއިން ދިވެހިރާއްޖެއާއި އެކު މަޝްވަރާ ކުރަން ފަށައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.
25 May 2019
ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޭން ރާއްޖެ ދެކޮޅު ހެދީ ކީއްވެ؟
ޗާގޯސް އައިލޭންޑް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ރޭ ނެގުނު ވޯޓުގައި ރާއްޖެއިން ދިން ވޯޓާއި މެދު ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. ޗާގޯސްގެ ރަށްތައް އިނގިރޭސީންގެ އަތުން ނަގައި، މޮރިޝަސްއަށް ދިނުމަށް ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ދިވެހިރާއްޖެ ފިޔަވައި މިކަމުގައި ސީދާ މަސްލަހަތު ހިމެނޭ އެމެރިކާއާއި އިނގިރޭސި ވިލާތުންވެސް ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.