ފޯޅަވަހީގެ މައްސަލަ
04 May 2023
"ސަރަހައްދާއި ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ނުހޯދާ ސަރުކާރުން ގޮތް ނިންމުމަކީ ގޯހެއް"
ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ނުވަތަ ސަރަހައްދާއި ގުޅޭގޮތުން އެއްވެސް ގޮތެއް ނިންމޭނީ ރައްޔިތުންގެ ބަހެއް ހޯދާ ލޮޖުކޮށްގެން ކަމަށާއި، ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ބުނެފި އެވެ.
04 May 2023
"ސިފައިން ބަލަހައްޓަމުން އައި ކަނޑުގެ ސަރަހައްދު ލިޔެކިޔުމުން ފެންނާނެ"
ދެކުނުގެ ކަނޑުގެ ސަރަހައްދަކީ ކޮބައިކަން މިހާތަނަށް އައިރު ދިވެހި ސިފައިންނަށް ނޭނގޭކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝަމާލު ދެއްކެވި ވާހަކަތަކަށް ސިފައިން ގޭގައި 17 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ އަހުމަދު ފަޔާޒު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.
04 May 2023
"އެންމެ ދެރަވަނީ އެމްޑީޕީ ސަރުކާރެއް އޮވެ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީމަ"
ފޯޅަވަހި މައްސަލައިގައި މި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި، އަދި ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް މި މައްސަލަ ނިމިގެން ދިޔައިރު ވެރިކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތުމަކީ އިންތިހާއަށް ހިތާމަކުރައްވާ ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
04 May 2023
"ޤާނޫނުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދު ގަބޫލުނުކުރާ ނަމަ ސަރުކާރުން ޤާނޫނު އިސްލާހުކުރަން ޖެހޭ"
1996 ވަނަ އަހަރު ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދަށް 200 ނޯޓިކަލް މޭލު ލިބެން ޖެހޭކަމަށް ސަރުކާރުން ގަބޫލު ނުކުރާނަމަ، އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައަޅަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
04 May 2023
"ސަރަހައްދުން ބައެއް ގެއްލުމުގެ ޒިންމާ ސަރުކާރުގެ އިސްވެރިން ނަގަން ޖެހޭ"
ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ދިއުމުގެ ޒިންމާ މި ސަރުކާރުގެ އިސްވެރިން ނަންގަވަން ޖެހޭކަމަށް ފޯޅަވަހި މައްސަލައާއި ގުޅިގެން ގުޅިފައިވާ ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީ ތަމްސީލު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
04 May 2023
"ފޯޅަވަހި މައްސަލައިގައި ސަރުކާރުން އިސްކުރީ އެހެން ބައެއްގެ މަސްލަހަތު"
ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި ފުށޫއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި ދިވެހި ސަރުކާރުން ވަކާލާތު ކުރީ ދިވެހި ގައުމުގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
04 May 2023
"ރާއްޖެއަށް ފައިދާވާނެ އެއްވެސް ކަމެއް ސަރުކާރުން ހުށައަޅާފައެއް ނެތް"
ދިވެހިރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދިވެހިރާއްޖެ އަށް ފައިދާ ވާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުގެ ފަރާތުން ހުށައަޅާފައި ވެސް ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
04 May 2023
ގެއްލިދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށް ގޮވާލައިފި
ޗާގޯސްގެ މައްސަލައިގައި ގެއްލިދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށް މާލެސިޓީ ކައުންސިލުން ގޮވާލައިފިއެވެ.