ފޯޅަވަހީގެ މައްސަލަ
16 May 2023
މިހަފްތާގެ ތެރޭގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅާނެ
ފޯޅަވަހީގެ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ހަފްތާ ތެރޭގައި އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ މައްސަލާގައި ހަދާފައިވާ އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
16 May 2023
"ފޯޅަވަހި މައްސަލާގައި ރައީސް ޞާލިހުގެ އިހުމާލު އެބައޮތް"
ފޯޅަވަހީގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާބައި ބެހުމުގައި ރާއްޖޭގެ ކަނޑުން ބައެއް ގެލިފައިވާ ކަމަށާ، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އިހުމާލު އޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
16 May 2023
"ބާ ކައުންސިލުން އިންސާފުވެރި ދިރާސާއެއް ހަދާނެކަމާމެދު ޝައްކު"
ފޯޅަވަހީގެ މައްސަލާގައި ބާ ކައުންސިލުން އިންސާފުވެރި ދިރާސާއެއް ހަދާނެކަމާމެދު ޝައްކު އުފެދޭ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
15 May 2023
"ފޯޅަވަހި މައްސަލައިގައި ޖޭޕީގެ ސްޓޭންޑަކީ ކަނޑު ވިއްކާލުމާއި ދެކޮޅަށް ތެދުވުން"
ފޯޅަވަހި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށް ނުލެވޭނެ ކަމަށާއި، އެކަމާއި ދެކޮޅަށް ތެދުވެ ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުން ކަމަށް މަޖިލީހުންގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
15 May 2023
"މިއީ ކަނޑުން ބައެއް ދޫކޮށްލުމަށްފަހު އުފާކުރާ ހަމައެކަނި ގައުމު"
ރާއްޖެއަކީ، ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށްފަހު ސަރުކާރުގެ ވެރިން އެކަމާ އުފާކޮަށް އެއީ ކާމިޔާބީއެއް ކަމަށް ބުނާ ހަމައެކަނި ގައުމު ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
15 May 2023
"ގާނޫނާ އެއްގޮތަށް ރިފްއަތުގެ މައްސަލަ ކުރިއަށް ގެންދާނަން"
އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
15 May 2023
"ޤާނޫނުގައި ކަނޑައަޅާފައި އޮތް އިން ދިފާއުނުކުރީ ކީއްވެހޭ؟"
ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި މެދު ގޮތެއް ނިންމުމަށް ވަކާލާތު ކުރިއިރު، ގާނޫނުއަސާސީއާއި ޤާނޫނުގައި ދިވެހިރާއްޖެ އިމުގެ ގޮތުގައި ކަނޑައަޅާފައި އޮތް ސަރަހައްދު އެންމެ ފަހަރަކުވެސް ދިފާއުނުކުރީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ސުވާލުކުރައްވައިފިއެވެ.
15 May 2023
"ރައީސް މޮރިޝަސްއަށް ސިޓީ ފޮނުވުން ކުށްވެރިކުރަން"
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސޮއިކުރައްވާ މޮރިޝަސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ.