ފޯޅަވަހީގެ މައްސަލަ
31 May 2023
ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތާމެދު ޚިޔާލުތަފާތު މަޖިލިސް މެދުކަނޑާލައިފި
ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް އާއްމު ކޮމިޓީން ނިންމާފައިވަނިކޮށް، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.
31 May 2023
ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ހާޒިރު ނުވި!
ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅު ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ފޮނުއްވައިފިއެވެ.
29 May 2023
ރިފްއަތް ވަކިކުރުމާ ދެކޮޅަށް ތްރީލައިން ވިޕެއް ނެރެފި
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅާފައި ވަނިކޮށް، އެކަމާ ދެކޮޅަށް އެމްޑީޕީން ތްރީލައިންވިޕެއް ނެރެފިއެވެ.
28 May 2023
ސިއްރު ސިޓީތަކުން މިނިވަންކަން ގެއްލުނުގޮތް ޝެއިޚް ސަމީރު ސާފުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރެއްވި ފަރާތްތަކުން ފޮނުއްވެވި ސިއްރު ސިޓީފުޅުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ގޮތްތަކުގެ ތަފްސީލު ޝެއިޚް އަހުމަދު ސަމީރު ވާހަކަދައްކަވައިފި އެވެ.
26 May 2023
"ރައީސް ޞާލިހުގެ ސިޓީފުޅު މަޖިލީހާ ހިއްސާ ކުރަން އެބަޖެހޭ"
ފޯޅަވައްސަކީ މޮރިޝަސްއަށް ސިޔާދަތު ލިބިގެންދާ ތަނެއްކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އާއްމު ނުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެ ސިޓީފުޅު ހިއްސާކުރަން ޖެހޭނެ ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
26 May 2023
"ސްޓޭންޑް ކުއްލި ސިޓީ އަކުން ބަދަލުވީ ކިހާވަރެއްގެ ނުފޫޒަކުންތޯ"
ޒަމާންތަކެެއް ވަންދެން ޗާގޯސް މައްސަލައިގައި ހިފަހައްޓަމުން އައި "ސްޓޭންޑް" ކުއްލި ސިޓީ އަކުން ބަދަލުވީ ކިހާވަރެއްގެ ނުފޫޒަކުންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް  އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
25 May 2023
ޖަވާބުދާރީވާން ބުދަ ދުވަހު ރިއްފަތް މަޖިލީހަށް ހާޒިރު ކުރަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައިވާ، ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބުދަ ދުވަހު މަޖިލީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
25 May 2023
ޝާހިދު އަށް ޖަވާބުދާރީވާން ޗިޓު ފޮނުވައިފި
ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމަށް ޗިޓް ހަވާލުކޮށްފިއެވެ.