ފޯޅަވަހީގެ މައްސަލަ
13 Jun 2023
ރައީސް ޞާލިޙް އެހުންނެވީ އެންމެބޮޑު ޚިޔާނާތް ވެގެން ނޫންކަމަކަށް ނުވާނެ: ވައްޑޭ
ރައީސް ޞާލިޙް އެހުންނެވީ އެންމެބޮޑު ޚިޔާނާތް ވެގެން ނޫންކަމަކަށް ނުވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
08 Jun 2023
"241 ކޮމިޓީީއިން އެދިއްޖެ ނަމަ ރައީސްގެ ސިޓީީ ހިިއްސާ ކުރާނެ"
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ) އިން އެދިއްޖެ ނަމަ އެ ސިޓީފުޅު އެ ކޮމިޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާޏް މުހައްމަދު ވިދާޅުވެއްޖެއެވެ.
08 Jun 2023
ކަނޑުވިއްކި މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަންޖެހޭ: އަސްލަމް
ކަނޑުވިއްކި މައްސަލައިގައި ފުރިހަމަ އިންކުއަރީއެއް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
06 Jun 2023
ރައީސްގެ ސިޓީފުޅު މަޖިލީހަށް ފޮނުވަން އެދޭނަން: އަސްލަމް
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ)ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
06 Jun 2023
"އެއްލައްކަ ވޯޓު ހޯއްދެވި ބޭފުޅާއަށް ޕާޓީ ރަޖިސްޓްރީކުރަން ލިބުނީ 3400 ފޯމު"
ރައްޔިތުންގެ މެދުގައި މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މަޤުބޫލުކަން ވަރަށް ބޮޑަށް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
06 Jun 2023
"އަސްލު މައްސަލަ ފޯޅަވަހި ކޯލިޝަނަށް ވެސް ނޭނގޭ"
ރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ގެއްލުނު ބައި ހޯދުމަށް ގިނަ ސިޔާސީ ޕާޓީތަކާއި ކުރީގެ ބަންޑާރަނައިބުން ގުޅިގެން އެކުލަވާލާފައިވާ ފޯޅަވަހި ކޯލިޝަނަށް ވެސް އަސްލު މައްސަލައަކީ ކޮބައިކަން އޮޅިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލައިގައި އެ ބޭފުޅުންނަށް ވެސް އެއްގަލަކަށް ނޭރޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
05 Jun 2023
"ފޯޅަވަހި މައްސަލަ ނަގައިގެން އިދިކޮޅުން ކުރާހާ ވެސް ކަމަކީ ސިޔާސީ ލަނގިރިޖެހުން"
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްރިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތައް ކުރަމުންދާ މަސައްކަތަކީ ސިޔާސީ ލަނގިރި ޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
05 Jun 2023
"އިޓްލޮސްގެ ފަނޑިޔާރުންގެ ނިންމުމުގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައެއް ނެތް"
ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި 9 ފަނޑިޔާރުން އިއްތިފާގުން ނިންނި ނިންމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.