ފޯޅަވަހީގެ މައްސަލަ
02 Jun 2023
"ރާއްޖެއިން ދޫކޮށްލި ކަނޑުގެ ބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ"
ރާއްޖެއިން ދޫކޮށްލި ކަނޑުގެ ބައި ގަތުމަށް އުޅެފައިވީ ބަޔަކު ހޯދަން ޖެހޭ ކަމަށް މަޖިލިސްގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
02 Jun 2023
"ކަނޑުން ބައެއް ގެއްލުނު ގޮތުގެ ދިރާސާއެއް ކުރަން އެދެން"
ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ގޮތުގެ ދިރާސާއެއް ކުރުން ސްކޫލުތަކުގެ ކިބައިން އެދޭކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
01 Jun 2023
ޖަވާބުދާރީވާން ރިފްއަތް މަޖިލީހަށް ހާޒިރުވަނީ
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމަށްބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅާފައިވާ މައްސަލައިގައި ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުުވުމަށް އިބްރާހިމް ރިއްފަތު ނިންމަވައިފިއެވެ.
01 Jun 2023
އިދިކޮޅުން ބާއްވާ ރެލީ ބިނާވެފައިވަނީ އަސާސެއް ނެތް ކަމެއްގެ މައްޗަށް"
ޗާގޯސް މައްސަލައިގައި އުފައްދާފައިވާ އިއްތިހާދުން "ކަނޑު ވިއްކުމާއި ދެކޮޅު" ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން މާދަމާ ބާއްވާ ރެލީ އަކީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ބާއްވާ ރެލީ އެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
31 May 2023
"މަޖިލީހުގެ މަސްއޫލިއްޔަތަށް ބަންޑާރަ ނައިބަކަށް ހުރަހެއް ނޭޅޭނެ"
މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަނައިބަކަށް ލިބިގެނެން ނުވާކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
31 May 2023
ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާ ރަށްރަށުގައި ޕްރޮމޯޓް ކުރަނީ
އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް އަތޮޅުތެރޭގައި ވެސް ކުރިއަށްދާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.
31 May 2023
އަބްދުﷲ ޝާހިދުގެ ގެކޮޅު ދޮރުމައްޗަށްވާގޮތަށް ބެނާ ދަމައިފި
އަބްދުﷲ ޝާހިދުގެ ގެކޮޅު ދޮރުމައްޗަށްވާގޮތަށް ކަނޑުވިއްކުމާ ދެކޮޅު ބެނާ ދަމައިފިއެިެވެ.
31 May 2023
"އަމިއްލަ މީހާގެ ދިފާއުގައި މަޖިލީހަށް ނާދެވުނު މީހަކަށް ޤައުމު ދިފާއުނުކުރެވޭނެ"
އަމިއްލަ ދިފާއުގައި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނުކުރުނު މީހަކަށް ޤައުމުގެ ދިފާއުގައި ވަކާލާތުނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.