ފޯޅަވަހީގެ މައްސަލަ
04 Jun 2023
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން މާދަމާއަށް އެޖެންޑާކޮށްފި
ބަންޑާރަނައިބު އިްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމަށްބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅާފައިވާ މައްސަލަ މަޖިޅީހުގައި މާދަމާ ކުރިއަށް ގެންދިއުމަށް އަނެއްކާވެސް ތާވަލް ކޮށްފިއެވެ.
03 Jun 2023
ސަރުކާރުން ޖަވާބުހޯދާލަން ޖެހޭ ސުވާލުތަކެއް ސައީދު ކުރައްވައިފި
‏ސަރުކާރާއި އެމްއެންޑީއެފް ޗީފް އަދި ޕޮލިސް ކަމިޝަނަރ "އަރިހުގައި ތިއްބަވާ ސިޔާސީ ވިންގުގެ ބޭފުޅުން" ރޭގެ ޖަލްސާއާއިމެދު ހާސްވުމުގެ ކުރީން އަމިއްލައަށް ޖަވާބު ހޯދުން މުހިންމު ސުވާލު ތަކެއް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ކުރައްވައިފި އެވެ.
03 Jun 2023
""އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް"
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާވާ ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ތާއީދު ނުކުރާ ކަމަށާ، އަދި ރޭގެ ރެލީގައި އެފަދަ ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބައެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.
03 Jun 2023
ފޯޅަވަހި އިއްތިހާދުގެ ބޮޑު ޖަލްސާގައި ރައީސް ޔާމިނަށް ޚާއްސަ ގޮނޑިކޮޅެއް!
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގަސްދުގައި ސަރުކާރުން ދޫކޮށްލާފައިވާކަމަށް ބުނެ، އެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ގިނަ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުންނާއި ޤާނޫނީ ފަންނުގައި ފުންނާބުއުސް އެތައް ބަޔަކު ވަނީ ގުޅިގެން ބިޔަ ބޮޑު މަސައްކަތެއް ފަށާފައެވެ.
03 Jun 2023
"ސިފައިންގެ އިސްވެރިންނަށް ކަނޑުގެ ސަރަހައްދު ނޭނގޭކަމަށް ބުނުމުން ލަދުގަނޭ"
ދިވެހިރާއްޖޭގެ ސިފައިންގެ އިސް ބޭކަލުން ނިކުންނަވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވުމުން ލަދުފުޅުގަންނަވާކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އައިސް ފިލި ބަޔަކު މި ނޫނީ ނެތް"
ދިވެހިރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އެނބުރި ވަޑައިގެން ރައްޔިތުންނަށް ފިލި ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
03 Jun 2023
"ސަރުކާރަށް މި ޑިމާންޑުކުރަނީ ކަނޑުން ގެއްލުނު ބަޔާއެކު އެކު ފޯޅަވަހި ވެސް ހޯދަން"
ސަރުކާރުން ދޫކޮށްލި ދެކުނުގެ ޚާއްސަ އިޤތިޞާދީ ކަނޑުގެ ސަރަހައްދާއި އެކު، ޒަމާނުއްސުރެ ރާއްޖޭގެ ބައެއްގެ ގޮތުގައި ދެކެމުންއައި ފޯޅަވަހި ހޯދުމުގެ މަސައްކަތް ފެށުމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރު ގޮވާލައްވައިފި އެވެ.
03 Jun 2023
"ރިފްޢަތު އެ ވިދާޅުވީ ގެންދާށޭ ދިވެހިންގެ ކަނޑުގެ ސަރަހައްދު މާބޮޑޭ،."
ދިވެހިރާއްޖޭގެ ކަނޑުން ބައެއް 45,000 އަކަށް ކިލޯމީޓަރު ދޫކޮށްލަމުން ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ހަގީގަތުގައި އެ ވިދާޅުވީ، ދިވެހިން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެގެން ކަމަށާ، އެބައިން ދިވެހިންނަށް ބޭނުމެއް ނުވާ ކަމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.