ފޯޅަވަހީގެ މައްސަލަ
21 May 2023
"ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ބުނަނީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން"
ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ރާއްޖެއަށް ދީނީ މިނިވަންކަން ގެންނަން ހިންގާ ޖަރީމާއެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
21 May 2023
"ޗާގޯސް ކޯލިޝަނުން ދައްކަނީ ފޭކު ވާހަކަ ކަން ރައްޔިތުންނަށް އެނގޭ"
ޗާގޯސް ކޯލިޝަނުން ދައްކަނީ ފޭކު ވާހަކަ ކަން ރައްޔިތުންނަށް ވެސް އިނގޭކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރުން އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
21 May 2023
"ރައީސް ޞާލިހު ހުންނެވީ ކުރެއްވި ހުވައާ ޚިލާފުވެވަޑައިގެން"
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވީ އެމަނިކުފާނު ކުރެއްވި ހުވަޔާ ޚިލާފުވެވަޑައިގެންކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
20 May 2023
"މަސްކަނޑު ގެއްލިގެން އިދިކޮޅު މެމްބަރުން ދައްކަނީ ސިޔާސީ ވާހަކަ"
ދިވެހިރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލިއްޖެކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ސިޔާސީ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
18 May 2023
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
18 May 2023
"ކަނޑު ވިއްކާލީ މި ސަރުކާރުން، ޕޯޗިގީޒުން ވެސް އެކަމެއް ނުކުރޭ"
ތާރީހުގައި ދިވެހިރާއްޖެ އެންމެ ގިނަ ދުވަސް ވަންދެން އެ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޕޯޗުގީޒުންވެސް ރާއްޖޭގެ މަސް ކަނޑުން ބައެއް ވިއްކާލާފައި ނުވާކަމަށާއި، މަސް ކަނޑު ވިއްކާލި ހަމައެކަނި ސަރުކާރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
18 May 2023
"ޗާގޯސް މައްސަލައިގައި ދިވެހި މަސްވެރިންނަށް ލިބުނީ ދެރައެއް"
ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ މައްސަލައިގެ ނިންމުމަކީ ދިވެހި މަސްވެރިންނަށް ލިބުނު ދެރައެއް ކަމަށް އެމް.އާރް.އެމްއިން ބުނެފިއެވެ.
18 May 2023
ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ގޮވާލާ ހުށައެޅި ޤަރާރު ބޭރުކޮށްލައިފި
ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިޔަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރުމަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.