02 Jan 2024
ކަނޑުގެ ސަރަހައްދު ހޯދާ ދިރާސާއަށް ބޭރުގެ އެކްސްޕާޓުން
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުން ގެއްލިގެންދިޔަ ސަރަހައްދު ހޯދުމަށް އަދުގެ ސަރުކާރުން ވެފައިވާ ވަޢުދާ ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލު ކޮށްފި އެވެ.
19 Dec 2023
ޞާލިހާއި މޮރިޝަސް ބޮޑުވަޒީރާ ކުރެއްވި މަޝްވަރާގެ ލިޔެކިޔުމެއް ނެތް
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި މޮރިޝަސް ބޮޑުވަޒީރާއި ދެމެދު މަޝްވަރާތަކެއް ކުރެވި، އެއްބަސްވުންތަކެއް ވެފައިވާކަން އެނގެން ހުރިނަމަވެސް، އެ މަޝްވަރާކުރެވުނު ކަންކަމާއި، އެއްބަސް މވެވުނު އެއްބަސްވުންތަކާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ފެންނަންނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.
19 Dec 2023
ކަނޑުން ގެއްލުނު ބައި ހޯދުމަށް ޚާއްސަ ކޮމިޓީއެއް!
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިޔުންތައް ދިރާސާކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމްގެ ބެއްލެވުމުގެ ދަށުން ޚާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
19 Dec 2023
ޗާގޯސް މައްސަލަ: ކުރީ ސަރުކާރުން ގާނޫނާ ޚިލާފުވި މައްސަލަ މަޖިލީހަށް
ދިވެހިރާއްޖޭގެ އެކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ، އިޓްލޮސްގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅެފައިވާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ޚިލާފު ސިޔާސަތުތަކެއް ކަމަށާއި، އެކަމާއި ގުޅޭ ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
15 Nov 2023
ކަނޑުގެ ބައި ހޯދަން އިސްތިއުނާފު ކުރަނީ
ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި, ދެކުނުން ކަނޑުގެ ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
31 Oct 2023
މުޢިއްޒު ފުރަތަމަ ކުރަންޖެހޭ ދެ މަސައްކަތް ވިދާޅުވެދެއްވައިފި!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭ މުހިންމު ދެ މަސައްކަތް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެދެއްވައިފިއެވެ.
15 Sep 2023
ޗާގޯސްގެ މައްސަލައިގެތެރޭގައި މި ސަރުކާރުގެ ވެރިން ގައުމާމެދު އިހްމާލުވެއްޖެކަމަށް ބުނަނީ މިހެންވެ؟
2010 ވަނަ އަހަރުގެ ދުވަހެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރަށް ފޯނު ކުރައްވާފައި ވިދާޅުވިއެވެ.
12 Sep 2023
ރަސްމީކޮށް ސިޓީ ރިލީސްކުރުމަށް މުނައްވަރު ގޮވާލައިފި
މޮރިޝަސްގެ ބޮޑު ވަޒީރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީކަމަށް ބުނެ ލީކްވި ސިޓީއަކީ އަސްލު ޙަޤީޤަތެއްނަމަ އެ ސިޓީ ރަސްމީ ޕްރޮޓޮކޯލްގެ ތެރެއިން އާއްމު ކުރެއްވުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ސަރުކާރަށް ގޮވާލައިފިިއެވެ.