03 May 2023
"ގެއްލުނު އެއްޗެއް ގެއްލުނީ ސަރުކާރުން ކޮން ކަމެއް ކޮށްގެން ކަމެއް ސާފެއް ނުވި"
ފޯޅަވަހި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންނާއި މިނިސްޓަރުންގެ އިތުރުން އިދިކޮޅު ޕާޓީ ތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ދެކެވުނު ވާހަކައިން ގެއްލުނު އެއްޗެއް ގެއްލުނީ ސަރުކާރުން ކޮންކަމެއް ކޮށްގެން ކަމެއް ނުވަތަ ނުކޮށްގެން ކަމެއް ސާފުނުވާކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވެެއްޖެއެވެ.
03 May 2023
"ޗާގޯސް މައްސަލާގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ހަމަ ޖައްސާފައިވާ ތަން އެންމެ ފަހު ވަގުތު ނުދިން"
ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ކުރިން ހަމަ ޖައްސާފައިވާ ތަން އެންމެ ފަހު ވަގުތު ނުދިން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
03 May 2023
ޗާގޯސް މައްސަލާގައި ނިއުސް ކޮންފަރެންސެއް ބާއްވަނީ
ޗާގޯސް މައްސަލާގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި ވަޒީރުންނާއި ސިޔާސީ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ނިއުސް ކޮންފަރެންސެއް މިއަދު ބާއްވަން ނިންމައިފި އެވެ.
02 May 2023
"ތެޔޮ އަގުހެޔޮކޮށް މުސާރަ ބޮޑުކުރިޔަސް ކަނޑު ވިއްކާ ނުލާކަމަށް ނުވާނެ"
ތެލުގެ އަގު ހެޔޮކޮށް ސިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިއްރު ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުން ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
02 May 2023
"ކަނޑުން ގެއްލުނު ބައިގެ އެސެސްމަންޓެއް އެބަ ހަދަން"
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޓީ ފުޅެއްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށާ، އެކަމާއި ގުޅޭ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
02 May 2023
"ޗާގޯސްގެ ކަނޑުން މިހާރުވެސް ދާ ޖަހައިގެން މަސް ނަގަމުން ދަނީ"
ފުށުއަރާ ޗާގޯސްގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ލިބުމާއެކު، މިހާރުވެސް އެ ސަރަހައްދުން ދާ ޖަހައިގެން މަސް ނަގަން ފަށައިފި ކަމަށް ވިދާޅުވެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
02 May 2023
"ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް މަސައްކަތް ކުރާނަން"
ޗާގޯސް ސަރަހައްދު ހިމާޔަތް ކޮށްފައި ބޭއްވުމަށް އިނގިރޭސީންނާއި މޮރިޝަސްއާއެކު މަސައްކަތް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
02 May 2023
"ރައީސްގެ ސިޓީގެ ސަބަބުން ބައެއް ގެއްލުނުކަމަކަށް ނުދެކެން"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވެވި ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ނުދެކޭ ކަމުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.