ފޯޅަވަހީގެ މައްސަލަ
27 Apr 2023
ޗާގޯސް "ޑީލު" ގެ ވާހަކަތައް މޮރިޝަސްގެ ނޫސްތަކަށް
ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ހުކުރު ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލައިގައި މި ސަރުކާރުން މޮރިޝަސްއާއެކު ހެދި ޑީލުގެ ވާހަކަ މޮރިޝަސްގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފި އެވެ. ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ސަރުކާރުން މޮރިޝަސްއާއެކު ހަދާފައިވާ "ޑީލު" ތަހުގީގުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށައަޅާފަ އެވެ.
27 Apr 2023
ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް: މުއިއްޒު
ޗާގޯސް މައްސަލައަކީ ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Apr 2023
އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ފޯޅަވަހި ޕެޓިޝަންގައި ސޮއިކުރަނީ
އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ފޯޅަވަހި ޕެޓިޝަންގައި ސޮއިކުރަން ފަށައިފިއެވެ
26 Apr 2023
ރައީސް ޔާމީންގެ އެންގެވުމަށް ޕީޕީއެމުން އިޓްލޮސްއަށް ސިޓީއެއް ފޮނުވަނީ!
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް އިދިކޮޅު ޕީޕީއެމުން ސިޓީއެއް ފޮނުވަން ނިންމައިފިއެވެ.
26 Apr 2023
ކޮތަޅު ޖަލްސާ ފަސްކޮށް ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބާއްވަނީ "ޗަ ގޯސް" ޖަލްސާ!
ފޯޅަވަހި މައްސަލައިގައި ދައުލަތުގެ ސްޓޭންޑު ބަދަލުކުރުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޤައުމީ މަސްލަހަތު އިސްކޮށް ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ފޯޅަވަހި މައްސަލައާއި ގުޅިގެން "ޗަ ގޯސް" ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފި އެވެ.
24 Apr 2023
"އެޓްލޮސްގައި އޮތް ޝަރީއަތުގެ މަޖްލީހުގައި މޮރިޝަސްއިން ސިޓީގެ ވާހަކަދެއްކި"
އެޓްލަސްގައި ބޭއްވުނު ޝަރީއަތުގެ މަޖްލީހުުގައި މޮރިޝަސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ސިޓީގެ ވާހަކަ ދައްކާފައިވާ ކަމަށް ރައްޔިތުން މަޖްލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
24 Apr 2023
"ރައީސް ޞާލިހުވަނީ ގައުމަށް ގައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފަ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ވަނީ ޤައުމަށް ޤައްދާރުވެ ދިވެހިންގެ މަސްކަނޑު ވިއްކާލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ.
24 Apr 2023
"ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސްއަށް ލިބިގެނެއް ނުވޭ"
ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާ ކަމަށާއި އެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖްލީހަށް ކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
24 Apr 2023
"ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިރާއްޖެއަށް"
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގުކަން ބޮޑީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  ނަޝީދު މިފަދައިން ވިދާޅުވެފައިވާ ފޯޅަވަހި މައްސަލައާއި ގުޅިގެން މަޖިލިސް މެމްބަރުންގެ ރަސްމީ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި ލިޔުމެއްގަ އެވެ.
24 Apr 2023
"ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ބުނެ ހަދަނީ ހުސް ދޮގު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވާ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާކަމަށް ވިދާޅުވެ ބައެއް މެމްބަރުން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅުކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.