ފޯޅަވަހީގެ މައްސަލަ
02 Nov 2022
ޗާގޯސްގެ ވަޒަންވެރިންނަކީ މޮރިޝަސް މީހުންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ އާ އަޅުވެތިކުރުވުމެއް
ޗާގޯސް އައިލެންޑު މައްސަލާގައި ދިވެހި ސަރުކާރުން ގިނަ އަހަރު ތަކެއް ވަންދެން ދަމަހައްޓަމުން އައި ސްޓޭންޑް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބަދަލުކުރުމުގެ މައްސަލާގައި ސަރުކާރަށް ދަނީ ވަރަށް ގިނަ ފާޑުކިއުންތަކެއް ކުރިމަތިވަމުންނެވެ. މިއީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ހަމަ އެންމެ ދުވަހެއްގެ ތެރޭގައި 90 ޑިގްރީއަށް އަނބުރުވާލުން ފަދަ ބޮޑު ބަދަލެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ދިވެހި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަކީ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އެގައުމަށް ދޫކޮށްލަން އދގައި މޮރިޝަސްގެ ކޮޅަށް ވޯޓް ދިނުމެވެ.
02 Nov 2022
ޗާގޯސް މައްސަލައިގައި ރައީސް ޔާމީން ބަދަލުކުރައްވަން ޖެހޭ ކަމެއް ނޯންނާނެ
ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ލިބިވަޑައިގަތަސް ޗާގޯސް މައްސަލައިގައި އިތުރަށް ބަދަލުކުރަން ޖެހޭ ކަމެއް ނޯންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވެއްޖެއެވެ.
02 Nov 2022
"ގަވައިދާއި ޚިލާފަށް ނިންމި އެއްވެސް ނިންމުމަކަށް އިޚްތިރާމެއް ނުކުރާނަން"
ޗާގޯސް މައްސަލައިގައި ސަރުކާރުން ގަވައިދާއި ޚިލާފަށް ނިންމި ނިންމުންތަކަށް އިޚްތިރާމު ނުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
01 Nov 2022
"ބަންޑާރަނައިބު ލަފާ ދެއްވިޔަސް ސަރަހައްދުން ބައެއް ދޫކޮށްލާކަށް ނުޖެހޭ"
ބަންޑާރަ ނައިބު ލަފާފުޅެއް އެރުވި ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އެއްވެސް ނިންމުމެއް ނިންމަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
31 Oct 2022
"ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ގެންނެވުމުން އެވާހަކަ ދައްކަންވީ"
ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމުން އެެންމެން އެ ވާހަކަ ދައްކަންވީ ކަަމަށް ވިދާޅުވެ ޗާގޯސް މައްސަލާގައި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިދިކޮޅު ކޯލިޝަނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
31 Oct 2022
"އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ދޯ؟"
ތާރީޚީ ގޮތުން ބަލާއިރު މަލިކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން މާ ބޮޑު ކަމަށާ، ވުމާއެކު އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ.
31 Oct 2022
މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީ ހޯދަން މަޖިލީހަށް
އދ. ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓްލާނޭކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއަށް ގެންނަވައި އެ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެދިލައްވައިފިއެވެ.
30 Oct 2022
ފޯޅަވަހީ މައްސަލާގައި އިދިކޮޅުން އިހުތިޖާޖަށް ނުކުންނަނީ
ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް ދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ކޯލިޝަނުން މަގުމަތީގައި އިހުތިޖާޖެއް ކުރަން ނިންމައިފި އެވެ.