ޖުމްހޫރީ ޕާޓީ
18 Aug 2023
"މިފަހަރު ހުރީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަށް ނޫން"
އެކި ސަބަބުތަކާއި ހުރެ، އެންމެ ކުރިން ގަސްތުކޮށްގެން ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ކަމަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
18 Aug 2023
"ގާސިމަކީ ދުވާލަކު 700 ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއް"
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަކީ ކޮންމެ ދުވަހަކުވެސް، 700 އެއްހާ ރައްޔިތުންގެ އިހްސާސްތައް އަޑުއައްސަވަމުންދާ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
18 Aug 2023
ގާސިމާއި، ކެންޕެއިން ޓީމަށް މަކުނުދޫއިން ހޫނު މަރުހަބާއެއް!
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކެންޕެއިނަށް ހދ. މަކުނުދޫއަށް ވަޑައިގެންނެވުމުން އެރަށުން، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
17 Aug 2023
ޤާސިމް ކެމްޕޭނަށް އަތޮޅުތެރެއަށް، ފުރަތަމަ މަންޒިލަކީ ހދ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
16 Aug 2023
ކެންޕެއިންކުރާނީ ގާސިމްގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތަށް!
‏ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޕެއިން ކުރިއަށް ގެންދަވާނީ، އެ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވި ގޮތަށް، ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
14 Aug 2023
ގާސިމް އަކީ ރަށެއް ޓްރާންސްފޯމްކޮށްފައި ހުރި ބޭފުޅެއް: އަލީ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ރަށެއް ޓްރާންސްފޯމް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ، އެހެންކަމުން، އެމަނިކުފާނަށް ގައުމުވެސް ޓްރާންސްފޯމް ކުރެއްވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
13 Aug 2023
ޕްރޮފެސަރު އުގެއިލްގެ ތާއީދު ގާސިމްގެ އިންޑިޔާ ސިޔާސަތަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް އިންޑިއާ އާއި މެދު ގެންގުޅުއްވާނެ ކަމަށް ވިދާޅުވި ސިޔާސަތަށް، ޕްރޮފެސަރު ހަސަން އުގެއިލް ތާއީދު ކުރައްވައިފިއެވެ.
13 Aug 2023
"ޤައުމަށް ގައްދާރުވާ މީހުންގެ އަދަބު ކަނޑައަޅާ ތަންފީޒުކުރާނަން"
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޤައުމަށް ގައްދާރުވާ މީހުންގެ އަދަބު ޤާނޫނުލް އުގޫބާތުގައި ލިޔެ، އެކަން ތަންފީޒު ކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.