ޖުމްހޫރީ ޕާޓީ
13 Aug 2023
"ވެރިކަމަށް ކުރިމަތިލާނެ ފުރުސަތެއް ޕީޕީއެމަކުން ނުދިން"
ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޕީޕީއެމުން ނުދެއްވިކަމަށް އެޕާޓީގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.
13 Aug 2023
ތިން ޑޮކްޓަރުން ޤާސިމަށް ބައިއަތު ހިއްޕަވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދު ކުރައްވައި ކުރީގެ ސަރުކާރުތަކުގެ ވަރަށް އިސް މަގާމްތަކެއް ފުރުއްވާފައިވާ ތިން ޑޮކްޓަރުން ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ. މިރޭ ޤާސިމަށް ބައިއަތު ހިއްޕެވި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީއާއި ރައީސް ވަހީދު ސަރުކާރުގައި ރައީސް އޮފީހުގައި އިސް މަގާމެއް އަދާކުރެއްވި ޑޮކްޓަރ މުހައްމަދު އަލީއެވެ.
12 Aug 2023
ޑރ. ވަހީދު ޖޭޕީއާއި ގުޅިވަޑައިގެންފި!
ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފި އެވެ.
11 Aug 2023
ތާރީޚީ އިންތިހާބެއް! 8 ކެނޑިޑޭޓެއްގެ ކުރިމަތިލުމަކަށް!
ހުރިހާ ގޮތަކުންވެސް މިއަހަރުގެ ރިޔާސީ އިންތިހާބު ލިޔެވިގެންދާނީ ރިޔާސީ ތާރީޚުގައި، ތަރީޚީ އިންތިހާބެއްގެ ގޮތުގައެވެ. އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ އަދަދުން ފެށިގެން އެ ކެންޑީޑޭޓުންގެ ތަމްސީލީ ހައިސިއްޔަތާއި ހަމައަށް މިއަހަރުގެ ރިޔާސީ އިންތިހާބު ތާރީޚީވެފައި، ފާހަގަ ކޮށްލެވިގެންދާނެއެވެ.
10 Aug 2023
"ޖޭޕީއަށް ފުރުސަތު ނުލިބި 15 އަހަރު ވެރިކަން ބެހިއްޖެ، ވީކަމެއް ނެތް"
ރާއްޖެގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައިފަހުން 15 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ބޮޑު ދެ ޕާޓީއެއްގެ ދެމެދުގައި ބެހިއްޖެ ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބުނު މާ ބޮދު ކުރިއެރުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
10 Aug 2023
ޤާސިމްގެ މެނިފެސްޓޯ ބިނާވެފައިވާ 9 އަސާސް ހާމަކޮށްފި!
ޖުމަހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ މެނިފެސްޓޯ ބިނާވެފައިވާ މައިގަނޑު 9 އަސާސް ހާމަކޮށްފި އެވެ.
10 Aug 2023
ެވެރިކަމުގެ ފަސް އަހަރުގައި 30،000 ހައުސިންގ ޔުނިޓް އަޅާނަން
ޖުމްހޫރީ ޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެމްބަރު އަދި ރިޔާސީ ކެންޑިޑޭޓު ނަންބަރު 5 ޤާސިމް އިބްރާހިމްގެ ވެރިކަމުގެ ފަސް އަހަރުގައި 30،000 ހައުސިންގ ޔުނިޓް އަޅާނެ ކަމަށް ޤާސިމް ވަޢުދުވެވަޑައިގެންފިއެވެ.
10 Aug 2023
ފަނޑިޔާރުންގެ މުސާރައަށް %75 ކުރިއެރުމެއް ގެންނާނަން: ޤާސިމް
ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ މިހާރަށްވުރެ 75 ޕަސެންޓު ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެ ވަޑައިގެންފި އެވެ.
10 Aug 2023
ޤާސިމްގެ ޚަރަދުގައި ކިޔަވަން ނެގި އެތައް ހާސް ކުދިންނެއްގެ ލޯންތައް މައާފްކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އޭނާގެ އިންސާނީ އެހީ ފޯރުކޮށްދޭ ވިލާފައުންޑޭޝަންގެތެރެއިންނާއި އަދި އޭނާގެ އަމިއްލަ ނަންފުޅުގައި މަތީ ތައުލީމް ހާސިލް ކުރުމަށް އެތައް ހާސް ދަރިވަރުން ނަގާފައިވާ ލޯން މައާފްކޮށްދެއްވައިފިކަން އިއުލާން ކުރައްވައިފިއެވެ. ޤާސިމް އެލޯންތައް މައާފްކޮށްދެއްވިކަން އިއުލާންކުރެއްވީ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި އޭނާގެ މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލައްވާފައިވާ މެނިފެސްޓޯ އިއުލާން ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
09 Aug 2023
ކެނޑިޑޭޓް ނަންބަރު 5 އާއެކު ގާސިމް ރިޔާސީ ރޭހަށް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑޭޓު ނަމްބަރެއްގެ ގޮތުގައި ނަމްބަރު 5 ކަނޑައެޅިއްޖެއެވެ.