ޖުމްހޫރީ ޕާޓީ
26 Aug 2023
މަލާމާތް ނުކޮށް އިންޑިޔާ ސިފައިންނާ ގުޅޭ ސުވާލުތަކަށް ޖަވާބުދީ!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް މަލާމާތް ނުކޮށް، އެމަނިކުފާނު އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ކުރެއްވި މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ ޢަލީ ވަހީދު، ސަރުކާރަށް ގޮވާލައިފިއެވެ.
25 Aug 2023
ރައްޔިތުންނަށްޓަކައި ފުރާނަ ދުއްވާލަންވެސް ތައްޔާރު: ގާސިމް
ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދިނުމަށް ފުރާނަ ދުއްވާލަންވެސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
25 Aug 2023
"ސިޔާމު ހުރީ އަޅުގަނޑާއެކު، ވޯޓުދޭނީ ވެސް އަޅުގަނޑަށް"
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ސިޔާމު ވޯޓުދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
24 Aug 2023
މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރުމަކަށް ހުރަހެއް ނޯންނާނެ"
ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި މޫނު ބުރުގާއަޅާ ކަނބަލުންނަށް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށާ، އެ ކަނބަލުންނަށް ހުރިހާ މައިދާނެއްގައިވެސް ހަމަހަމަ ފުރުސަތެއް ދެއްވާނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
24 Aug 2023
އޮޅުވާލައިގެން ވެރިކަމަށް އައިއްސަ ދެވަނަ ދައުރު ދޭށޭ ނުކިޔާ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަތައް ދައްކަވައިގެން ކަމަށް މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމުގައިވާ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
24 Aug 2023
ތަހުގީގާއި ޝަރީއަތުގެ މަރުހަލާތަކަށް މުއްދަތެއް ކަނޑައަޅާނަން"
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މައްސަލަތައް ތަހުގީގު ކުރުމަށާ، ޝަރީޢަތުގެ މަރުހަލާ ތަކަށް ވަކި މުއްދަތެއް ކަނޑައަޅުއްވާނެ ކަމަށާ، މީހުން ވާނުވާ ނޭނގޭހާލު ޖަލުގައި ބަންދު ކޮށްފައި ނުބައިތިއްްބާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
24 Aug 2023
ކުޅުދުއްފުށީ ގިނަ ބައެއް ޖޭޕީއަށް!
ޕީޕީއެމް ކުޅުދުއްފުށީ މައި އެއް ތަނބު ކަމުގައިވާ، ރަޝާދު އާއި އެކު އެރަށު ގިނަ ޒުވާނުން ތަކެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިއްޖެއެވެ.
24 Aug 2023
"މިއަދު އަޅުގަނޑަކީ ކާޅެއް، ނޫނީ ބާޒެއް، ކޮށްދެވުނު ކަމެއް ނެތް"
މި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ހަޑި ހުތުރު ވަނަންތަކުން މުޚާތަބުކުރަމުންދާ ކަމަށާއި، މިހާރު ގައުމާއި އެ ޕާޓީތަކުގެ ހައްގުގައި ކޮށްދެވުނު އެއްވެސް ކަމެއް ނެތްފަދަ މޭރުމަކުން އަބުރު ކަތިލަމުންދާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.