ޖުމްހޫރީ ޕާޓީ
30 Aug 2023
ނަޝީދާއި ސޯލިހުގެ ވެރިކަން ހަލާކުކުރީ މާރިޔާ: ޢަލީ ވަހީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަލާކުކޮށްލީ އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ވެރިކަންވެސް ޚަރާބު ކުރީ ހަމަ އޭނާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
30 Aug 2023
ތައުލީމެއް ނެތް މީހެކޭ ބުނާ މީހުންނަށް ގާސިމްގެ ރައްދެއް!
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ އެއްވެސް ތަޢުލީމެއް ނެތް ބޭފުޅެއް ކަމަށް ބުނެ ފާޑުކިޔަމުންދާ މީހުންނަށް، އެމަނިކުފާނު ރައްދުދެއްވައިފިއެވެ.
29 Aug 2023
"އައްޑޫ ސެންޓަރު ހަދާފައިހުރީ މިލިޓަރީ ބޭސްއަކަށް ބަދަލުކުރެވޭ ގޮތަށް"
އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި ހެދި ޓްރެއިނިންގ ސެންޓަރު ހަދާފައި ވަނީ، އެމެޖެންސީ ހާލަތެއްގައި އެ ގައުމުގެ މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށާ، އެވާހަކަ ދެންނެވީ ޚުދު އެމްޑީޕީ ބައެއް މެންބަރުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޢަލީ ހުސައިން އިލްތިމާސް ކުރައްވައިފި އެވެ.
29 Aug 2023
ތަރައްގީ އަކީ ލަވާޒާ ކޮފީ ތައްޓަކަށް ވެފައި މިއިންނަނީ: ޢަލީ
އައު ގަނޫނު އަސާސީއާއި އެކު ވެރިކަން ކުރަމުންދާތާ މިހާރު 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ދިވެހިރާއްޖެއިން ހަގީގީ ތަރައްގީ ނުފެންނަ ކަމަށް ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިހާބީ އޭޖެންޓް އަދިި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
28 Aug 2023
"ޤާސިމް، ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ ރައްޔިތުންގެ މުދަލާއި ފައިސާ، އަމާނާތްތެރިކަމާއެކު ބަލަހައްޓައިދެއްވާނެ ފަރާތެއް ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
28 Aug 2023
"ނަން ނުވިޔަސް ކަން ކުރިން، ރައްޔިތުންނަށްޓަކައި ގުރުބާންވިން"
ނަން ނުވިޔަސް ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެ ބޮޑު ގުރުބާނީއެއް ވީ ބޭފުޅަކީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
28 Aug 2023
އެންމެ ރަށެއްވެސް ގާނޫނުން ބޭރުން ގާސިމާއި ހަވާލުކުރާކަށްނޭދޭ
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެއްވެސް ރަށެއްވެސް އަދި ފަޅެއްވެސް، ގާނޫނުން ބޭރުން ގާސިމާއި ހަވާލު ކުރަން އެމަނިކުފާނު އެދިފައި ނުވާ ކަމަށާ، އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.