ޖުމްހޫރީ ޕާޓީ
27 Aug 2023
"ގާސިމަށް ޕީޕީއެމް ޓިކެޓް ލިބެން އޮތް؛ އެމްޑީޕީގެވެސް ލިބުނީސް"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރީޔާސީ ޓިކެޓާއި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްވެސް ވަރަށް ފަސޭހައިން ލިބުނީސް ކަމަށް އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
27 Aug 2023
ފުރަތަމަވެސް ގާސިމް ޒިޔާރަތްކުރެއްވީ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް!
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުފަން އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އުފަން ރަށް އދ. ދިއްދޫއަށް ވަޑައިގެންފިއެވެ.
27 Aug 2023
"ބޭންކްތަކުން ކުރިމަތިކުރާ ދަތިތަކާއި، ލިމިޓްތައް ނައްތާލާނަށް"
ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކުރިމަތިކުރުވާ ދަތިތައް ނައްތާލައި، ފައިސާ ޖަމާކުރުމާއި ނެގުމުގައި ހުންނަ ލިމިޓްތައް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ނައްތާލައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
27 Aug 2023
"ގެއްލުނު ކަނޑުގެ ސަރަހައްދުގައި މައުދަންތައް ހުރިކަން އެނގޭ އެބަ"
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު، 45,000 އަކަ ކިލޯމީޓަރު ސަރަހައްދުގައި އެކި ފާޑުގެ މައުދަންތައް ހުރިކަން ސައިންޓިފިކް ރިސާޗުތަކުން އެނގެން ހުރި ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
27 Aug 2023
"ޤާސިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ހުނަރުވެރިން އާ ހަރުފަތަކަށް ގެންދާނެ"
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކުޅިވަރުގެ ހުނަރުވެރިން އާ ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޤާސިމްގެ އިންތިޚާބީ އޭޖެންޓު އަދި މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
27 Aug 2023
ޑރ މައުޞޫމް އެމްޑީޕީ އަށް ސޮއިކުރައްވައިފި
މި ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ ޢަބްދުﷲ މައުޞޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
27 Aug 2023
ބައިތުލްމާލުގެވެސް ލޯލާރިއެއްގައި ޖެހިފައި ނޯންނާނޭ: ގާސިމް
އެމްއެމްއޭގެ ގަވަރުނަކަމާއި ގައުމީ ބައިތުލް މާލުގެ ތަޅުދަނޑި އޮތް ދުވަސްވަރެއްވެސް ދިޔަކަމަށާއި، އޭގެން ލޯލާރިއެއްގައިވެސް ޖެހިފައި ނޯންނާނެކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
27 Aug 2023
"މި 5 އަހަރުގައި ބޮޑު ޚިޔާނާތު ފައިސާއާ، މަރުތަކަށް އިންސާފު ހޯދުނުތޯ"
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގޮތްނޭނގޭ މަރުތަކުގެ އިންސާފު ގާއިމްކޮށްދޭނެކަމަށް ބުނެ ވެރިކަމަށް އައި މި ސަރުކާރަށް ގާއިމްކުރެވުނު އިންސާފަކީ ކޮބައިތޯ ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުވާލު ކުރައްވައިފިއެވެ.