ރައްޔިތުންގެ މަޖިލިސް
11 Dec 2023
ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް ދިން އިސްތިސްނާއަށް ނިމުމެއް!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ދީފައިވާ އިސްތިސްނާ ނިމުމަކަށް ގެނެސް، މި ފެށޭ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގާނޫނަށް އަލުން އަމަލުކުރަން ފަށާ ގޮތަށް މި ސަރުކާރުން ނިންމައިފި އެވެ.
11 Dec 2023
ތިން ސަފީރަކަށް ރުހުން ހޯދަން މަޖިލީހަށް
ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. އިރުތިޝާމް އާދަމް އާއި އިތުރު ތިން ބޭފުޅެއް ސަފީރުންގެ ގޮތުގައި ކަނޑައެޅުއްްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.
11 Dec 2023
"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީޤުކުރަން ލަފާ ހޯދަނީ
"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ތަސްދީޤުކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
10 Dec 2023
ވަޒީރުންނަށް ރުހުންދޭން ވަކިވަކިން ވޯޓަށް އެހުމަށް ފާސްކޮށްފި!
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ހުރިހާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި، ވަޒީރުންނަށް ރުހުން ހޯދުމުގެ ވޯޓު، ވަކިވަކިން ނެގުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.
09 Dec 2023
އަލީ އާދަމް މަގާމުން ވަކިކުރަން ނިންމާފައިވަނީ ރަނގަޅަށް: ޖުޑިޝަރީ ކޮމިޓީ
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވެފައި ވާތީ އޭނާ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
09 Dec 2023
ފުށިދިއްގަރު ފަޅުގެ މަޝްރޫއަށް ހުރަސް އެޅުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް: އާމިރު
ސަރުކާރުގެ ބޯޖިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ފުށި ދިއްފަރު ފަޅުގެ މަޝްރޫޢަށް ހުރަސް އެޅުމަކީ ސީދާ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
08 Dec 2023
ކަނޑުން ގެއްލުނުބައި ހޯދަން ބަޖެޓަށް 10 މިލިއަން އިތުރުކޮށްފި
ޗާގޯސް މައްސަލަ ނިންމި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ހިމަނަން ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކޮށްފި އެވެ.
08 Dec 2023
ބޭނުންޖެހިފައިތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ބަޖެޓުގައި ކަނޑައަޅައިފި
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިންޑައިރެކްޓު ސަބްސިޑީ އުވާލާ، ކޮންމެހެން ބޭނުން ޖެހިފައި ތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ކަނޑައަޅައި ބަޖެޓު ދިރާސާ ކޮމެޓީން ބަޖެޓު ފާސްކޮށްފި އެވެ.