05 Dec 2023
ޞާލިހް ވެރިކަމުން ފޭބީ ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަން ނިންމަވާލައްވާފައިވަނީ މުޅި ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައިކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިއާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
05 Dec 2023
"ހޯރަފުށީ ދާއިރާއިން ކަނޑާލި 22 މީހުންގެ ހައްގުގައި ތެދުވާނަން"
ނިމިދިޔަ ސަރުކާރުން އިންޑިއާ އާއި އެކު ފެށި ބޮޓްލިން ޕްލާންޓު މަޝްރޫއުގައި މަސައްކަތްކުރާ ހޯރަފުށީ ދާއިރާގެ 22 މީހަކު ވަޒީފާއިން ކަނޑާލާފައިވާ ކަމަށާއި، އެމީހުންގެ ހައްގުގައި ތެދުވާން ފަސް ނުޖެހޭނެކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
05 Dec 2023
ވަޒީފާތަކުން މީހުން ވަކިކުރާނަމަ ވަޒީރުންނަށް ރުހުން ނުދޭނަން: އެމްޑީޕީ
ސަރުކާރު ކުންފުނިތަކުގައު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނަމަ މި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެެ މެމްބަރުން ދީފިއެވެ.
05 Dec 2023
"ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެ"
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުން ކުރަން ޖެހިދާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އިންޒާރު ދެއްވައިފި އެވެ.
05 Dec 2023
މަސްވެރިކަން "ފުނޑުނީ" ފެނަކައަށް މުވައްޒަފުން ގެންދާތީ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ "ފުނޑިގެން" ގޮސްފައިވަނީ ސިޔާސީ ބޭނުމަށް، މަސްވެރިކަން ކުރަމުން އައި ޒުވާނުންނަށް ފެނަކައިން ވަޒީފާދިނުމުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
05 Dec 2023
ފެނަކަ އަކީ ކުރީ ސަރުކާރުގެ ކޮރޮޕްޝަން ހާއްޔެއް: އިލްޔާސް
ފެނަކަ ކުންފުންޏަކީ ނިމިގެންދިޔަ ސަރުކާރުގެ ބޮޑު ކޮރޮޕްޝަން ހާއްޔެއްކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
05 Dec 2023
ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް!
ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
04 Dec 2023
ތިނަދޫ ކައުންސިލްގެ ހައިސިއްޔަތު އޮޅުން ފިލުވަން ކޮމެޓީއަށް
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގދ ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައެޅުމާއި ގުޅިގެން، އެ ރަށު ކައުންސިލްގެ ހައިސިއްޔަތާއި މެދު އަރާފައިވާ އޮޅުންތައް ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފި އެވެ.