ރައްޔިތުންގެ މަޖިލިސް
28 Nov 2023
ފްލެޓް ދީފައި ހުރީ ދޮގު މައުލޫމާތަށްކަމަށް: އަނދުން ހުސައިން
ގެދޮރުވެރިންގެ ސްކީމްގެ ދަށުން 4،000 ފްލެޓް ދީފައިވަނީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
28 Nov 2023
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދިއްޖެ
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އަމާޒުކޮށް ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ
28 Nov 2023
ލިޔުން ލިބުނު ފަރާތްތަކަށް ގޯއްޗާއި ފްލެޓު ދިނުމަށް ގޮވާލައިފި
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓުތައް ދިނުން އަވަސްކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.
28 Nov 2023
"ދީފައި ހުރި ގޯއްޗާއި ފްލެޓަށް ސަރުކާރުން އަތްބާނައިފި ނަމަ ފިހިދާނެ"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުތައް އަލުން ރިވިއުކޮށް، އެއަށް ބަދަލުގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރާނަމަ، ހީނުކުރާވަރުގެ ގެއްލުންތަކެއް ސަރުކާރަށް ލިބިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އިންޒާރު ދެއްވައިފި އެވެ.
28 Nov 2023
ވަޒީރަކަށް މިދިޔަ އަހަރު ފޮނުވި ސުވާލުގެ ޖަވާބު އިއްވުނީ މިއަދުގެ!
ލިޔުމުން ޖަވާބު ހޯދުމަށް އެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލުތަކުގެ ޖަވާބުތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވުމުން ސުވާލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
27 Nov 2023
ފްލެޓް ދިނުން އެސީސީއަކަށް ނުހުއްޓުވޭނެ: އިބްރާހިމް ޝަރީފް
ފާއިތުވި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދީފައިވާ ފްލެޓު ހަވާލު ކުރުން ހުއްޓުވުމުގެ ޤާނޫނީ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިގެން ނުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުކަން ކުރައްވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
27 Nov 2023
ފުށިދިއްގަރުފަޅު މަޝްރޫޢުގެ ލޭންޑް ޔޫސް ޕްލޭން އޮތީ ނިމިފައި
ފުށިދިއްގަރުފަޅު ހިއްކާ، އެތަން ބޭނުންކުރާނޭ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާ، އެއީ 20 އަހަރުގެ ދޮގު ރާސްތާ ޕްލޭން އެއް ކަމަށް ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.
27 Nov 2023
މަޖިލީހުގެ ހިނގަމުންދާ ދައުރު ދަންމާލަން ފާސްކޮށްފި!
ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.