ރައްޔިތުންގެ މަޖިލިސް
04 Dec 2023
ކޯރަމް ހަމަނުވުމުން ކުންފުނީގެ ބިލު ފާސްކުރަން ވޯޓަށް ނޭހުނު
ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލު ފާސްކުރުމަށްޓަކައި ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް ކޯރަމް ހަމަނުވާތީ، އެ ވޯޓަށް އެހުން މާދަމާއަށް ފަސްކޮށްފި އެވެ.
04 Dec 2023
ޕީސީބީއަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
04 Dec 2023
"ސަލްޓަން ޕާކުން ރިހި ފައިސާ ފޮތި ފެނުނު ވެލިގަނޑު ފަހުން ގެއްލުނު"
ސަލްޓަން ޕާކު މަރާމާތުކުރުމަށް ކޮނުނުއިރު ފެނުނު ރިހި ފައިސާފޮތި ހުރި ވެލިފުނި ފަހުން ގެއްލިފައިވާކަމަށް ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.
04 Dec 2023
ފެނިގެން މިދިޔައީ އެމްޑީޕީއަކީ ހަގީގީ ޑިމޮކްރެޓިކް ޕާޓީކަން: ސަލީމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ، އެމްޑީޕީއަކީ ހަގީގީ ޑިމޮކްރެޓިކް ޕާޓީކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
04 Dec 2023
ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅަނީ
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްއަކު އިންތިހާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ހިލާފުވުމާއި ގުޅިގެން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި، ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފި އެވެ.
04 Dec 2023
ރިޔާސަތުން، ކޯރަމް ހަމަ ކުރަނީ ގަވާއިދާއި ޚިލާފަށް: ޝިފާޢު
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ހަމަކުރައްވަމުންދަނީ ގަވާއިދާއި ޚިލާފަށް ކަމަށް، އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
04 Dec 2023
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ ކަމަށް ސިރާޖު!
ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސަވައިފިއެވެ.
03 Dec 2023
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް
ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.