22 Nov 2023
އިސްރާއީލް މީހުން މަނާކުރާ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި
އިސްރާއީލްގެ ޕާސްޕޯޓުގައި އެ ގައުމުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން މިއަދު އެ ކޮމިޓީން ފާސްކޮށްފިއެވެ.
22 Nov 2023
ހަރަދު ކުޑަ ކުރަން، މައިގަނޑު ތިން ކަމެއް ކުރަން ބަޖެޓްގައި!
ކުރިއަށް އޮތް އަހަރުގައި، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް މައިގަނޑު ތިން ކަމެއް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރުން ހިމަނައިފިއެވެ.
22 Nov 2023
ޕީއެންސީގެ ޕީޖީ ލީޑަރ އަކަށް ފަޒުލް ހަމަޖައްސައިފި!
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަކަށް ފެލިދޫ ދާއިރާގެ މެންބަރުން އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ.
21 Nov 2023
ރޯދައިގެ ކުރިން މަޖިލިސް އިންތިހާބު ބާއްވަން އެދިއްޖެ!
އަންނަ އަހަރު ބާއްވަން ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހުގައި އެދެފި އެވެ.
21 Nov 2023
މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ
ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުނިކޮށްފި އެވެ.
21 Nov 2023
"ބަޖެޓުގެ 40 އިންސައްތަ ބަރޯސާކޮށްފައި އޮތީ ހިލޭ އެހީއާއި ލޯނަށް"
މި އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ 40 އިންސައްތަ ބޭރުގެ ހިލޭ އެހީއާއި ލޯނަށް ބަރޯސާކޮށްފައި އޮތުމަކީ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
21 Nov 2023
"އިންޑިއާއަށް ބަދު ބަސް ބުނެފަ ކައިބޮއި އުޅެވޭނެކަމަށް ބަލައިގެން ނުވާނެ"
އަވައްޓެރި އިންޑިއާ އަށް ބަދު ބަސް ބުނެފައި، ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސްކަމާއި އެކު ކައިގެން ބޮއެގެން އުޅެވޭނެކަމަށް ބަލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
21 Nov 2023
ވަޒީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ނަންތައް ދިރާސާކުރުމަށްޓަކައި އެ ބޭފުޅުންގެ ނަންތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފިއެވެ.