ރައްޔިތުންގެ މަޖިލިސް
17 Dec 2023
ވަޒީރުންނަށް ރުހުންދޭން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދޭ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
17 Dec 2023
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކުރުން އުވާލަނީ
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) , (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން ސަސްޕެންޑް ކުރުން އުވާލުމަށް އެދި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
17 Dec 2023
ރައީސް މުޢިއްޒާ ވެރިކަން ހަވާލު ކުރީ މަޖިލީހަކުން ނޫން
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް، އެމްޑީޕީ މެންބަރުންގެ ވޯޓުން އެކަނިވެސް މަޖިލީހުގެ ތެރެއިން ވަކި ކުރެވޭ ގޮތަށް އެޕާޓީން ހުށަހެޅި އިސްލާހާއި ދެކޮޅަށް، މަޖިލިސް ކުރާގޭ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާރ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
17 Dec 2023
އަންނަ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭ: ޢާޒިމާ
އެމްޑީޕީ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުންދާ ކަންކަމުން އެކަނިވެސް ކުރިއަށް އޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަން އެނގޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
16 Dec 2023
އަޒުލުކުރުމުގެ އުސޫލަށް ގެނައި އިސްލާހަކީ ރައްޔިތުން ގެނައި ވެރިކަމަށް ބިރުދެއްކުމަށް ހިންގާ އަމަލެއް: ޔާމިން
އަޒުލުކުރުމުގެ އުސޫލަށް ގެނައި އިސްލާޙަކީ ރައްޔިތުން ގެނައި ވެރިކަަމަށް ބިރުދެއްކުމަށް ހިންގާ އަމަލެއް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.
16 Dec 2023
އިންތިޚާބުން ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެކަމުގެ ނިޝާނެއް!
އިންތިޚާބުތަކުގައި ބަލިވާނެކަން އެނގުމުން ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެ ކަމުގެ ނިޝާނެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
15 Dec 2023
ރައީސް އަޒުލު ކުރުމާ ގުޅޭ ނިންމުން ގާނޫނުއަސާސީއާ ހިލާފް
ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އަޒުލު ކުރެވޭ ގޮތަށް އިއްޔެ މަޖިލީހުގެ ޢާއްމު ކޮމިޓީން ނިންމި ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް، މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
15 Dec 2023
54 މެންބަރުންގެ ވޯޓުން ރައީސް އަޒުލު ކުރެވޭ ގޮތް ހަދަނީ!
54 މެންބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން އިއްޔެ ފާސްކޮށްފި އެވެ.