ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
11 Feb 2023
"ކުޑަގިރި ހުޅުވުނީ ދައުލަތުގެ 4 ކުންފުނި ބަނގުރޫޓު ކޮށްލައިގެން"
މި ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހުޅުވާނެކަމަށް ވައުދުވެވަޑައިގެން ކުޑަގިރި ދައުރު ނިމެންވާއިރަށް ހުޅުވުނީ ދައުލަތުގެ 4 ކުންފުނި ބަނގުރޫޓުކޮށްލައިގެން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
09 Feb 2023
"ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު މީހުންނަށް ތިލަފުށިން ބިން ވެއްކޭ އުސޫލު ބަދަލުކޮށް، ވިއްކި ބިންތައް އަތުލާނަން"
ދެން އެންމެ އަވަހަށް އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ވިއްކޭގޮތަށް އޮތް އުސޫލު އުވާލާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
09 Feb 2023
"ރައީސް ޔާމީން ވެރިކަމަށް ގެންނަން މިއުޅެނީ ތަރައްގީ ހޯދައިދޭން"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Feb 2023
"އާއިލާއާއި ސަލާންކޮށްކުމުގެ ފުރުސަތު ރައީސް ޔާމިނަށް ނުދިނީ އިމްރާނުގެ އޯޑަރަށް"
ޖަލަށް ވަޑައިގަތުމުގެ ކުރިން އާއިލާއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުދެއްވީ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲގެ އޯޑަރަށްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
07 Feb 2023
"ރައީސް ޔާމިން ނޫން ޗޮއިސް އަކަށް އިދިކޮޅު ކޯލިޝަނުން ނުދާނެ"
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނޫން ޗޮއިސް އަކަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން ދިއުމަށް ސިއްރު މަޝްވަރާ ތަކެއް ކުރަމުންދާ ކަމަށް ބުނާ ވާހަކަ ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
07 Feb 2023
"ފްލެޓުތަކާއި ގުޅޭގޮތުން ރައީސް ޞާލިހް ހެއްދެވީ އިތުރުފުޅު"
ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓު އިމާރާތެއް ނިންމާ ރައްޔިތުން ބޯހިޔާވަހިކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހެއްދެވީ އިތުރުފުޅެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Feb 2023
"ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނީ ހަމައެކަނި ރައީސް ޔާމީނަށް"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްކަމަށާއި އެކަމާއި އެއްވެސް ބޭފުޅަކު ދެކޮޅު ނަހައްދަވާކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
05 Feb 2023
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އަހުދުވެއްޖެ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ހޯޕް ކޮންފަރެންސްގެ ބައިވެރިން އަހުދުވެއްޖެ އެވެ.