ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
02 May 2023
"ރައީސް ޔާމީންގެ އަތް ކަނޑައި އިތުރު 100 އަހަރަށް ޖަލަށް ލާންޖެހޭ"
ރައީސް ޔާމީންގެ އަތް ކަނޑައި އިތުރު 100 އަހަރަށް ޖަލަށް ލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
02 May 2023
"ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދިނީ ރައީސް ޔާމީނަށް"
ޖަލު ގައިދީންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ޚިދުމަތް ދެވިފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް ކަމަށް ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
02 May 2023
މަސައްކަތް ހުއްޓާލާނީ އިންތިހާބުގައި ޔާމީން ހޮވާފައި: މުއިއްޒު
މަސައްކަތް ހުއްޓާލާނީ އިންތިހާބުގައި ޔާމީން ހޮވާފައި ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
01 May 2023
"ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން"
މި ސަރުކާރުގެ އަމާޒަކީ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސިޔާސީ މައިދާނުން ގެއްލުވާލުންކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
30 Apr 2023
ފުއްގިރި މައްސަލަ: އިފްތިތާޙީ ބަޔާން ހުށަހެޅުމަށް ރައީސް ޔާމީނަށް އިތުރު ފުރުސަތެއް
ރ. ފުއްގިރި މައްސަލައާއި ގުޅިގެން އެކަށީގެންވާ ގޮތެއްގައި ގާނޫނީ ވަކީލުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިފްތިތާހީ ބަޔާން ހުށަހަޅަން ކުރީގެ ރައީސް އަބްދުالله ޔާމީން ދެކޮޅު ހެއްދެވުމުން، އަނެއްކާވެސް އެމަނިކުފާނަށް އިފްތިތާޙީ ބަޔާން އިއްވަން އިތުރު ފުރުސަތެއް ދެއްވައިފިއެވެ.
28 Apr 2023
"ރައީސް ޔާމީންގެ ޝަރީޢަތް ލައިވް ނުކުރަނީ ސިއްރުން އެމަނިކުފާނަށް އަނިޔާދިނުމަށް"
‏ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތައް މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔުމަށްފަހު، މިހާރު ކޯޓަށް ހާޟިރު ނުކޮށް އަދި ލައިވުނުކޮށް އޮންލައިންކޮށް ކުރިއަށް ގެންދަނީ އެމަނިކުފާނަށް ސިއްރުން އަނިޔާ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
27 Apr 2023
ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް: ރައީސް ޔާމީން
ރ. ފުއްގުރި މައްސަލައިގައި ފުލުހުން އެމަނިކުފާނު ފްރޭމް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާ، އެ މަނިކުފާނާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކި ހުށަހަޅާފައިވަނީ އަބުރު ނަގާލުމަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
26 Apr 2023
ރައީސް ޔާމީންގެ އެންގެވުމަށް ޕީޕީއެމުން އިޓްލޮސްއަށް ސިޓީއެއް ފޮނުވަނީ!
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތުމަށް ދިވެހިން ނުރުހޭކަން ހާމަކޮށް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް އިދިކޮޅު ޕީޕީއެމުން ސިޓީއެއް ފޮނުވަން ނިންމައިފިއެވެ.