ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
06 Jul 2023
ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް: އަދުރޭ
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުން މިއަދު ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.
06 Jul 2023
"ދެމީހުންވެސް ކުރިމަތިނުލައި އެކުގައި މަސައްކަތް ކުރާނެ ގޮތެއް ހޯދަންޖެހޭ"
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައި ދެބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރުމަށް ނަޝީދު ގޮވާލައްވައިފިއެވެ.
05 Jul 2023
"ރައީސް ޔާމިން ޖަލުގައި އޮތުމަކީ ރުހޭ ކަމެއް ނޫން، އެމަނިކުފާނަކީ އެތައް ޚިދުމަތެއް ކުރެއްވި ބޭފުޅެއް"
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަކީ އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
03 Jul 2023
"ދެން ސަރުކާރުގެ ފިއްތުމުގެ ތެރެއަށް ޝަރުޢީ ދާއިރާއެއް ނުދާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު އެކަނިވެރި ވެފައިވާ ކަމަށާ، އެމަނިކުފާނުގެ ވެރިކަން ވެއްޓެމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ފިއްތުންތަކަމުގެ ތެރެއަށް ޝަރުއީ ދާއިރާވެސް ދެން ނުދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
03 Jul 2023
ރައީސް ޔާމިނަށް ތާއީދު ހޯދުމަށް މާލޭގައި ދޮރުންދޮރަށް ބާއްވަނީ
ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
27 Jun 2023
"ޕީޕީއެމް ވެރިކަމެއްގައި ބޭނުންޖެހިފައިވާ ދިވެހިންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ"
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަރުއްވައިފިއެވެ.
26 Jun 2023
ރައީސް ޔާމިނުގެ މެސެޖެއް: ހުއްބުލް ވަތަން އިސްކޮށް ޕީޕީއެމަށް ވޯޓުދެއްވާ!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު، ސިޔާސީ ޅިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ޤައުމީ ވިސްނުން އިސްކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.
26 Jun 2023
"ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރުމަށް އިރުޝާދުދެއްވަނީ ޔާމީން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވަރަށް ރަނގަޅަށް އިރުޝާދު ދެއްވާ ކަމަށް، އެ ކޯލިޝަނުން ބުނެފިއެވެ.